ކުއްލި ޚަބަރު: ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ހޮސްޕިޓަލަކަށް ބޮން އަޅައި ތިންސަތޭކަވަރަކަށް މީހުން ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކުއްލި ޚަބަރު: ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ހޮސްޕިޓަލަކަށް ބޮން އަޅައި ތިންސަތޭކަވަރަކަށް މީހުން ޝަހީދުކޮށްލައިފި

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ހޮސްޕިޓަލަކަށް ބޮން އެޅުމުން އެތައް ސަތޭކަ ބައަކު ޝަހީދުވެއްޖެއެވެ. 

ދާދި ދެންމެއަކު ދިން މި ޙަމަލާގެ ތަފްޞީޅުތަކެއް އަދި ނުލިބެއެވެ. ބެލެވޭ ގޮތުން ޝަހީދުވި މީހުންގެ އަދަދު 200- 300 ވަރުވާނެއެވެ.

ބޮންއެޅި ހޮސްޕިޓަލަކީ، އިސްރާއީލުގެ އުދުވާނުން ހިމާޔަތް ހޯދަންވެސް އެތައްބަޔަކު ވަދެތިބި ތަނެކެވެ. އަދި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޒަޚަމްވި އެތައްހާސް ބަޔަކާއި، އެތައް ބަލިމީހުންވެސް ހޮސްޕިޓަލުގައި ތިއްބެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ޒަޔަނިސްޓު ބާރުތަކުން ހޮސްޕިޓަލަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން 500 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އަލްއަހްލީ ހޮސްޕިޓަލުން ބުނެފައިވަނީ، އިސްރާއީލުގެ ޓެރަރިސްޓުން ބޮން އަޅާފައިވަނީ ހޮސްޕިޓަލުގެ ގޯތިތެރެއަށް ކަމަށާއި، މި ޖަރީމާގައި އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

 

އިސްރާއީލު ސިފައިންގެ މިއަމަލަކީ ސީދާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ހިއުމަން ރައިޓްސް ގްރޫޕްތަކުން ބުނަމުން އެބަގެންދެއެވެ.

https://www.youtube.com/watch?v=gCNeDWCI0vo

މިއަދު އޮންލައިން