ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ފަލަސްޠީނާ ދެކޮޅަށް ދޭ ޙަމަލާތައް ކުށްވެރިކުރާ ޔަހޫދީންތައް ޣާޒާއަށް ފޮނުވާލާނެ ކަމުގެ އިންޒާރުދީފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ފަލަސްޠީނާ ދެކޮޅަށް ދޭ ޙަމަލާތައް ކުށްވެރިކުރާ ޔަހޫދީންތައް ޣާޒާއަށް ފޮނުވާލާނެ ކަމުގެ އިންޒާރުދީފި!

ހައްދުފަހަނައަޅާފައިވާ ޔަހުދީ ޓެރަރިސްޓުން ފަލަސްޠީނާ ދެކޮޅަށް ދޭ ޙަމަލާތައް ކުށްވެރިކުރާ ޔަހޫދީންތައް ޣާޒާއަށް ފޮނުވާލާނެ ކަމުގެ އިންޒާރުދީފިއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހުދީ ޓެރަރިސްޓް ފުލުހުންގެ ވެރިޔާ ބުނެފައިވަނީ އިޒްރޭލްގެ ބިމުގައި ތިބެގެން އިޒްރޭލްކުށްވެރިނުކުރެވޭނެކަމަށެވެ. އަދި ކުށްވެރިކުރާނަމަ އެބައަކު ބަސްތަކަށް އަރުވާފައި ޣާޒާއަށް ފޮނުވައިލާނެ ކަމަށެވެ.

ފުލުހުންގެ އިންޒާރުތަކާއިއެކުގައިވެސް އިޒްރޭލްގެ ތެރޭގައި ވެސް ހައްދުފަހަނައަޅާފައިވާ ޔަހުދީ ޓެރަރިސްޓުން ކުށްވެރިކޮށް އެކިވަރުގެ ކަންކަން ގެންދަނީ ކުރަމުންނެވެ. ސޯޝަލްމީޑިއާގައިވެސް ގެންދަނީ ނުރުހުން ފައުޅުކުރަމުންނެވެ. 

އެގޮތުން ގިނަ ބައަކު ބުނަމުން ގެންދަނީ އަބަދު ހަނގުރާމަކޮށް ތަޅާފޮޅަން ބޭނުންނުވާކަމަށާއި ޞުލްޙަވެރި ޙައްލެއް ހޯދައިގެން އަމާންދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށެވެ.

 

މިއަދު އޮންލައިން