ފަލަސްޠީނަށް ތާއީދުކޮށް ދުނިޔޭގެ ކަންކޮޅުތަކުގަ ކުރާ މުޒާހަރާތަކުން އެނގެނީ ދުނިޔޭގެ ވެރިން ވެރިކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފަލަސްޠީނަށް ތާއީދުކޮށް ދުނިޔޭގެ ކަންކޮޅުތަކުގަ ކުރާ މުޒާހަރާތަކުން އެނގެނީ ދުނިޔޭގެ ވެރިން ވެރިކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަން!

ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓުން ޣާޒާއަށާއި ފަލަސްޠީނުގެ އެހެން ސަރަޙައްދުތަކަށް ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތަކާއި ދެކޮޅަށް މިހާރު މުޒާހަރާކުރަނީ މުސްލިމުން އެކަންޏެއް ނޫނެވެ. މުސްލިމް ޤައުމުތަކުގައި އެކަންޏެއް ނޫނެވެ. ހުރިހާ ދީނެއްގެ މީހުން ހުރިހާ ޤައުމުތަކެއްގައިހެން އެގެންދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. 

މުސްލިމުން ނާއި އެންމެ ދެކޮޅު އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުގައިވެސް އެޤައުމުތަކުގެ ރައްޔިތުން އެގެންދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އަދި ޔަހޫދީންގެ ތެރެއިން ޒަޔަނިސްޓުން ނޫން މީހުން ބުނަމުން އެގެންދަނީ ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓުން ޣާޒާއަށާއި ފަލަސްޠީނުގެ އެހެން ސަރަޙައްދުތަކަށް ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތަކާއި ދެކޮޅު ކަމަށެވެ. 

އެހެންކަމާއިއެކުވެސް ޤައުމުތަކުގެ ސަރުކާރުތަކަކަށް ރައްޔިތުންގެ އަޑުތައް އިވޭކަމަކަށް ނުވެއެވެ. ޢިޖާބަދީ ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓުން ޣާޒާއަށާއި ފަލަސްޠީނުގެ އެހެން ސަރަޙައްދުތަކަށް ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތައް ހުއްޓުވަން އެއްވެސް ކަމެއް ކުރަން ތިބީ ނުކުޅެދިގެންނެވެ. އެކަމުން އަންގައިދެނީ ވެރިން ވެރިކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމެވެ. 

މުސްލިމް ޤައުމުތަކުގެ ވެރިންވެސް ތިބީ ދެލޯމަރާލައިގެންނެވެ. ހިނގަމުންދާ ކަންކަން ނުވެސް އެނގޭކަމަށް ހަދާލައިގެންނެވެ. ކުރާ ކަމަކަށް އޮންނަނީ ބަހެއް ބުނެލުން ނޫނީ ބަޔާނެއް ނެރެލުމެވެ. އެކަމަކުން ކުރާ އެއްވެސް ފައިދާއެއް ނެތެވެ. އަދި އެކަން ކުރަނީ ކުރާނެ އެއްވެސް ފައިދާއެއް ނުވެސް އޮންނާނެކަންވެސް އެނގިތިބެގެންނެވެ.

 

މިއަދު އޮންލައިން