ސަމާލުވާށެވެ! ޣާޒާއަށް ޔަހޫދީން އެދެނީ އެމެރިކާއިން އިރާޤަށް ދިންފަދަ ގެއްލުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސަމާލުވާށެވެ! ޣާޒާއަށް ޔަހޫދީން އެދެނީ އެމެރިކާއިން އިރާޤަށް ދިންފަދަ ގެއްލުމެއް!

އެމެރިކާއިން އިރާޤަށް އހަމަލާތައްދީ ތަޅައި ސުންނާފަތިކޮށްލީ އިރާޤުގައި މާބޮޑެތި މާނުރައްކާތެރި ހަތިޔާރުތަކެއް ހުރިކަމަށް ބުނެ ބޮޑެތި ދޮގުތައް ހަދަމުންނެވެ. މިހަދަނީ ކަނޑައެޅިގެން ބޮޑެތި ދޮގުތަކެއްކަން އެނގިތިބެއެވެ.  

އިޒްރޭލުން މުޅި ޣާޒާއަށް ބޮންއަޅައި ސުންނާފަތިކުރަމުން އެގެންދަނީ އަދި އެންމެ ފަހުން ހުރިހާ ރައްޔިތުން ޣާޒާއިން ފައިބަން އެއަންގަނީ ނުފާބައިފިނަމަ އެމީހުންނަކީ ހަމާސްގެ ހަނގުރާމަވެރިންކަމަށް ބުނަމުންނެވެ.   

ރަށުން ފޭބީމާ ހަނގުރާމަވެރިން ކަމަށް ނުވާ ބައަކު ރަށުގައި ތިބިނަމަ އެއީ ހަނގުރާމަވެރިންނަށް ބަދަލުވާނީ ކިހިނަކުންހެއްޔެވެ؟ މިކަމުން އެކަނިވެސް އެނގެނީ ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޓެރަރިސްޓުންގެ ބޭނުމަކީ ޣާޒާ ވުޖޫދުން ފުހެލުންކަމެވެ.  

ހަމާސްގެ ހަނގުރާމަވެރިންގެ ވާހަކަދައްކާއިރު އިޒްރޭލަށްވުރެ ބޮޑު ޓެރަރިސްޓް ޖަމާޢަތަކީ ކޮބައިހެއްޔެވެ؟ އެމީހުންނަށް އެއްވެސް ޙަމަލާއެއް ނުދިންނަމަވެސް ފަލަސްޠީނުގެ ބައަކު ޝަހީދުނުކުރާ ދުވަހެއް މާޒީގައި ހިނގައްޖެހެއްޔެވެ؟  

އިޒްރޭލަށް ތާއީދުކުރާ މީހުން ނިކަން ބުނެބަލާށެވެ! ބައަކު ހަތިޔާރު ހިފައިގެން ގޮސް ކަލޭމެންނަށް ޙަމަލާދީ، ކަލޭމެން ދިރިއުޅޭ ގެއިން ނެރެލައި ދާނެ ތަނަކަށްދާން މަގުމަތިކޮށްލީމާ އެކަމަށް ކަލޭމެން ރުހޭނަން ހެއްޔެވެ؟ އިޒްރޭލުން ކޮންމެ ދުވަހަކު އެކުރަނީ މިކަން ނޫންހެއްޔެވެ؟ އެކަމަށް ކެތް ނުކުރެވިގެން ބައަކު އިޒްރޭލަށް ގެއްލުމެއް ދީފިނަމަ އެބައަކު ކުށްވެރިކުރަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟  

ނިކަން މިސުވާލުތަކަށް އިންސާނުންގެ ބުއްދިއަށް ޤަބޫލުކުރެވޭނެފަދަ ޖަވާބެއް ދީބަލާށެވެ!

 

މިއަދު އޮންލައިން