ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން އެއްގަމު މަގުން ޣާޒާއަށް ވަދެގަންނަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން އެއްގަމު މަގުން ޣާޒާއަށް ވަދެގަންނަނީ-

ހަނގުރާމައިގާ މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހި ކަމަށާއި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން އެއްގަމު މަގުން ޣާޒާއަށް ވަދެގަންނަން މަސައްކަތްކުރަމުން އަންނަކަން އިޒްރޭލުން ހާމަކޮށްފިއެވެ. 

ޚަބަރުލިބޭ ގޮތުން މިހާރުވެސް ވަނީ އެއްގަމުމަގުން ވަދެގެންފައެވެ. އެހެންކަމުން އެބުނާ ވާހަކައަކީ މުޅި ޣައްޒާ ސަރަޙައްދަށް ވެރިގަތުން ކަމަށް ބެލެވެއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން މެދުކެނޑުމެއް ނެތި 3 ހަފްތާއަށްވުރެ ގިނަ ދުވަހު ޙައްދެއް ނެތި ޣާޒާއަށް ބޮން އަޅައި އެއްގަމު މަގުން ޣާޒާއަށް ވަދެގަންނަން ވަނީ މަގުފަހިކޮށްފައި ކަމަށެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓް އިޒްރޭލުގެ ބޮޑުވަޒީރު ބުނެފައިވަނީ މިއީ ދިގުލައި ކުރިއަސްދާނެ ހަނގުރާމައެއް ކަމަށެވެ. މިބަހުން އެނގެނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ޣާޒާ ހިފައި އެތަނުގައި ވަޒަންވެރިވާނެކަން ކަމަށް ބެލެވެއެވެ.

 

މިއަދު އޮންލައިން