އަލްޤުދުސް ހޮސްޕިޓަލް ސަރަޙައްދު "ފުނޑުފުނޑުވާވަރަށް" ބޮންތައް އޮއްސާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އަލްޤުދުސް ހޮސްޕިޓަލް ސަރަޙައްދު "ފުނޑުފުނޑުވާވަރަށް" ބޮންތައް އޮއްސާލައިފި

އެތައް ޙާސް ބަލިމީހުންނަށް ފަރުވާދެމުން އަންނަ އަލްޤުދުސް ސަރަޙައްދަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން އެ ސްރަހައްދު ފުނޑުފުނޑުވާވަރަށް ބޮންތައް އޮއްސާލައިފިއެވެ.  

ވަފާ ނިޔުސް އެޖެންސީން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އިތުރުން ހޮސްޕިޓަލް ސަރަޙައްދުގައި މިހާރުވެސް ޙާލުގައިޖެހިފައިވާ 14000 އަށްވުރެ ގިނަ މީޙުން އެބަތިބިކަމަށެވެ. އެއިގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 

ހޮސްޕިޓަލަށް ބޮންއަޅާނެކަމުގެ އިންޒާރު ދެމުން އައިނަމަވެސް ބަލިމީހުން ނެރެގެން ގެންދާނެ ތަނެއް ނެތުމުން ހޮސްޕިޓަލުގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ. ޒަޚަމްވާ މީހުން މިހާރުވެސް މިހާރުވެސް ހޮސްޕިޓަލަށް ގެންދެއެވެ.  

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާގެ ރައްޔިތުން ނެތިކޮށްލުމަށް ދެމުން ގެންދާ ޙަމަލާތަކަކީ ހަނގުރާމައިގެ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޚިލާފަށް ދެމުން ގެންދާ ޙަމަލާތަކެއް ކަމަސްބުނެ ކުށްވެރިކުރުން ފިޔަވައި އިތުރު ކަމެއް ކުރެވޭ އެއްވެސް ފަރާތެއް އޮތަކަމަކަށް ނުވެއެވެ.

 

މިއަދު އޮންލައިން