ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގަ އަހަރަކު މަރައިލެވޭ ކުޑަކުދިންގެ ޢަދަދަށްވުރެ 3 ހަފްތާގަ ޝަހީދުކުރި ޣައްޒާގެ ކުޑަކުދިންގެ ޢަދަދު ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގަ އަހަރަކު މަރައިލެވޭ ކުޑަކުދިންގެ ޢަދަދަށްވުރެ 3 ހަފްތާގަ ޝަހީދުކުރި ޣައްޒާގެ ކުޑަކުދިންގެ ޢަދަދު ގިނަވެއްޖެ!

2019 ވަނަ އަހުރުންފެށިގެން ބަލާއިރު ހަމަނުޖެހުން ހިންގާ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި އަހަރަކު މަރައިލެވޭ ކުޑަކުދިންގެ ޢަދަދަށްވުރެ 3 ހަފްތާ ތެރޭގަ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޝަހީދުކުރި ޣައްޒާގެ ކުޑަކުދިންގެ ޢަދަދު ގިނަވެއްޖެއެވެ. 

އެކަން ހާމަކޮށްފައިވަނީ ސޭވް ދަ ޗިލްޑްރަން ޖަމާޢަތުންނެވެ. 

ބެލެވޭ ގޮތުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޝަހީދުކުރި ޣައްޒާ ރައްޔިތުންގެ ޢަދަދު މިހާރުވަނީ 8000 އަށްވުރެ އިތުރުވެފައެވެ. ބޮންއެޅުމުން ވެއްޓުނު ޢިމާރާތްތަކުގެ ދަށުވި އެންމެން ނެގިފައިވާކަން ޔަޤީންނުކުރެވޭއިރު ގެއްލިފައިވާ މީހުންގެ ޢަދަދު އަދިވެސް ޔަޤީނެއް ނުކުރެވެއެވެ. 

ށޭވް ދަ ޗިލްޑްރަން ބުނެފައިވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ދިން ޙަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ ޢަދަދު 3195 އަށް އަރާކަމަށާއި އެއިގެ ތެރެއިން 1000 ކުދިންނަކީ ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައިވެ ޝަހީދުވިކުދިން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޢިމާރާތްތަކުގެ ދަށުގައި ސަލާމަތް ނުކުރެވި، އަދިވެސް  ނުފެނިވާ ކުދިންގެ ޢަދަދު ޔަޤީނެއް ނުކުރެވެއެވެ. 

މިއަދު އޮންލައިން