ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކޮށް އިޒްރޭލާ ޑިޕޮލޮމެޓިކް ގުޅުން ކަނޑާލި ފުރަތަމަ ޤައުމަކަށް ބޮލިވިއާ ވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކޮށް އިޒްރޭލާ ޑިޕޮލޮމެޓިކް ގުޅުން ކަނޑާލި ފުރަތަމަ ޤައުމަކަށް ބޮލިވިއާ ވެއްޖެ!

ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކޮށް އިޒްރޭލާ ޑިޕޮލޮމެޓިކް ގުޅުން ކަނޑާލި ފުރަތަމަ ޤައުމަކަށް ބޮލިވިއާ ވެއްޖެއެވެ. 

ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ ބޮލިވިއާގެ ރައީސްގެ އޮފީހުން ބުނެފައިވަނީ އެފަދަ ފިޔަވަޅެއް އެޅީ ޣައްޒާގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށް އެތައް ހާސް ރައްޔިތުންނަށް މަޖުބޫރުކުރުވައިގެން އެމީހުންގެ ގެދޮރުން ނެރެ މަގުމަތިކޮށްލުމުން ކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އެޅީ ޢިޒްރޭލުގެ ސަބަބުން ދުނިޔޭގެ ޞުލްޙައަށް ބޮޑެތި ހުރަސްތަކެއް އެޅެމުން އަންނާތީ ކަމަށެވެ. 

ބޮލިވިއާގެ ރައީސް ގެބްރިއެލް ބޮރިކް ވިދާޅުވީ އިޒްރޭލުން ޣައްޒާގައި ކުރަނީ ހަނގުރާމައެއް ނޫންކަމަށާއި އެއީ ހިންގަމުން ގެންދާ ޤަތުލު ޢާންމުތަކެއް ކަމަށެވެ.  

ބްރެޒިލްގެ ރައީސް ވިދާޅުވީ ހަމާސް އިން އިޒްރޭލަށް ޙަމަލާއެއް ދިނުމަކީ ކުށެއް ނެތް އެތައް މިލިއަން ބައަކު މަރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި މިއީ ދުނިޔޭގައި ކުޑަކުދިންނަށާއި އަންހެނުންނަށް ޚާއްޞަކޮށްގެން މަރަން ހިންގާ މިފަދަ ފުރަތަމަ ޖަރީމާ ކަމަށެވެ.

 

މިއަދު އޮންލައިން