ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށް ޙަމަލާދޭ މަންޒަރު ބަލާފަ ރޮއެގެން އެކަނި ފުދޭކަށް ނެތް! ދެއަތް އުފުލާލަންވީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށް ޙަމަލާދޭ މަންޒަރު ބަލާފަ ރޮއެގެން އެކަނި ފުދޭކަށް ނެތް! ދެއަތް އުފުލާލަންވީ!

ފޯނު ހުޅުވައިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށް ޙަމަލާދޭ މަންޒަރު ބަލާފަ ރޯންވީއެއް ނޫނެވެ! މިހެން ބުންޏަސް އެމަންޒަރުތައް ފެނުމުން ހިތެއް މީހަކަށް ނަމަ ރޮވޭނެއެވެ. ނަމަވެސް ރޮއެގެން އެކަނި ފުދޭކަށް ނެތެވެ. 

ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުޑަކުދިންނާއި އަންހެނުން ޝަހީދުކުރަމުން އެގެންދަނީ އެއްވެސް ރަޙުމެއް ނެތިއެވެ. ބޮންތައް އޮއްސުމުން ޝަހީދުވާ ޢަދަދައްވުރެ ޒަޚަމްވާ ކުދިންނާއި އަންހެނުންނާއި މީހުންގެ ޢަދަދު މާގިނައެވެ. 

ކުޑަކުދިންގެ ހަށިތަކުގެ ބައިތައް ވަކިވަކިން ހޮވައި ކޮންކުއްޖެއްގެކަން ނުއެނގުމުން ވަޅުލަމުން އެގެންދަނީ އެތައް ކުދިންނެއްގެ ގުނަވަންތައް އެކުގައެވެ. އެކުގައި ކަފުންކޮށްފައެވެ. މިހިރަ ކަންކަމަކީ މިހައިތަނަށް އެއްވެސް ޤައުމަކަށް ކުރިމަތިވެފައިވާ ޙާލަތެއް ނޫނެވެ. 

މިފަދަ ހިތާމަވެރި ޙާލަތުގައި ރޮވޭނެއެވެ! ރޮމުންވެސް ކޮންމެ މުސްލިމަކުވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ދެއަތް އުފުލާލަންވީއެވެ! ދުޢާކުރަންވީއެވެ! 

މުސްލިމުން ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދުޢާކުރަމުން ގެންދާނަމަ މުސްލިމުންނަށް ނަޞްރު ދެއްވަވާނެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން