އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކުރާ ބޮޑުންނަށްވެސް ދޭނެ ޖަވާބު ހުސްވާ ބައެއް ސުވާލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކުރާ ބޮޑުންނަށްވެސް ދޭނެ ޖަވާބު ހުސްވާ ބައެއް ސުވާލު-

އަހުރެންގެ ސުވާލަކީ ހަމާސް ޖަމާޢަތުގެ ބައަކު އިޒްރޭލުގައި ފިލައިތިބިނަމަ އެމީހުން ނައްތާލަން އިޒްރޭލުގެ ސަރުކާރުން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ 

- ހޮސްޕިޓަލްތަކަށް ބޮން އަޅައި ބަލިމީހުން މަރާނީ ހެއްޔެވެ؟ 

- އަންހެނުންނާއި ކުޑަކުދިންގެ ބޮލަށް ބޮންއަޅައި މަރާނީހެއްޔެވެ؟ 

- ޢިމާރާތްތަކަށް ބޮން އަޅައި ބިމާއި ހަމަކުރާނީ ހެއްޔެވެ؟ 

- ފެނާއި ކަރަންޓާއި ގޭހާއި ކައިބޮއިހަދާނެތަކެތިން ރައްޔިތުން މަހްރޫމްކުރާނީހެއްޔެވެ؟ 

މި ސުވާލުތައް ކުރިމަތިކުރުމުން އިޒްރޭލަށް ތާއީދުކުރާ "ބޮޑުން"ނަށްވެސް ޖަވާބުގައި ބުނަން މަޖުބޫރުވަނީ އެގޮތަށް ކަންކަން ނުކުރާނެ ކަމެވެ. 

މިއީ ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކާއި ސޯޝަލް މީޑިއާތަކުގައި ކުރަމުން ގެންދާ ސުވާލުތަކެވެ. ސުވާލުތައް ކުރުމުން ޖަވާބުދޭން ތިބޭ ބޮޑުންވެސް އެދަނީ އިނދަޖެހެމުންނެވެ. ޖަވާބު ހުސްވަމުންނެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށާއި ފަލަސްޠީނުގެ ސަރަޙައްދުތަކަށް ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތައް ކުށްވެރިކުރަން މަޖުބޫރުވަމުންނެވެ.

 

މިއަދު އޮންލައިން