އަލް ޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުންނަކަމަށް ބުނެ ބޮޑު ޓެރަރިސްޓް ނަތަޔާންހޫ ހަދާ ދޮގުގެ ޙަޤީޤަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަލް ޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުންނަކަމަށް ބުނެ ބޮޑު ޓެރަރިސްޓް ނަތަޔާންހޫ ހަދާ ދޮގުގެ ޙަޤީޤަތް-

"އަހުރެން ބޮޑުވަޒިރު ނަތަޔާންހޫ އާއި ކުރަން ބޭނުންވާ ސުވާލަކީ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުންނަކަމަށް ތިއަ ބުނަނީ ކޮން ހެއްކެއް އެކަމަށް ލިބިގެން ހެއްޔެވެ؟ އޮތް ނަމަ ނިކަން ދައްކައިބަލާށެވެ!  

އަހުރެން އެހޮސްޕިޓަލުގައި މަސައްކަތްކުރާތާ 16 އަހަރުވެއްޖެއެވެ. އެތަނުގައި ނިދައި ދިރިއުޅެމެވެ. ވަނުން މަނާ ސަރަޙައްދެއް ނުއޮންނާތީ ހުރިހާ ސަރަޙައްދުތަކަކަށް ވަދެ ވީޑިއޯކޮށް ފޮޓޯ ނަގައިވެސް ހަދަމެވެ.  

މީގެ ކުރިން ޣައްޒާއަށް ބޮން އެޅުމާއި ގުޅިގެންވެސް ހޮސްޕިޓަލުގައި ދިރިއުޅޭހެން އެތަނުން ނުނުކުމެ އުޅުނީމެވެ. އެއިރުވެސް ހުރިހާ ތަންތަން ފޮޓޯނަގައި ވީޑިއޯ ކުރީމެވެ. ދުވަހަކުވެސް އަހުރެން ކުރި އެއްވެސް ކަމެއް އެއްވެސް މީހަކު ހުއްޓުވައި މަނާކޮށްފައެއްވެސް ނެތެވެ. އެފަދަ އެއްވެސް ކަމެއް އެތަނުން ފެނުނުނަމަ އަހުރެން އެތަނުގައި މަސައްކަތެއް ނުކުރީމުހެވެ." 

މިއީ އަލް ޝިފާ ހޮސްޕިޓަލުގައި 16 އަހަރު މަސައްކަތްކުރި ނޯވޭގެ ޑޮކްޓަރަކު އަމިއްލައަށް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ވާހަކަތަކެކެވެ. ހަމާސް އިން ނުވަތަ ފަލަސްޠީނުން ނުވަތަ މުސްލިމުން ދައްކާ ވާހަކަތަކެއް ނޫނެވެ.  

އެނގިޘާބިތުވެގެން މިދަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން އަލްޝިފާ ހޮސްޕިޓަލާއި ގުޅުވައިގެން ދައްކަނީ އެއްވެސް ޙަޤީޤަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމާއި ހަމައެކަނި ބޭނުމަކީ ޣައްޒާގެ ރައްޔިތުންނަށް ބޭސްފަރުވާކުރެވޭނެ މަގު ނައްތައިލުން ކަމެވެ. ނަސްލު ނައްތާލަން ރާވައިގެން ހިނަގާ ޖަރީމާ ތަކުގެ ޙަޤީޤަތެވެ.

މިއަދު އޮންލައިން