ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާ ފުނޑުފުނޑުކޮށްލުމުންވެސް ރައްޔިތުން ބޭނުންވަނީ ހަމާސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާ ފުނޑުފުނޑުކޮށްލުމުންވެސް ރައްޔިތުން ބޭނުންވަނީ ހަމާސް!

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާ ފުނޑުފުނޑުކޮށްލުމުންވެސް ރައްޔިތުން ބޭނުންވަނީ ހަމާސް ނުވަތަ ހަމާސް ބައިވެރިވާ ވެރިކަމެކެވެ. ވެސްޓްބޭންކުގައި އޮތްފަދަ ވެރިކަމެއް ބޭނުމެއް ނުވެއެވެ. 

ގިނަ މީހުން ބުނަނީ މަހްމޫދު ޢައްބާސް ވެސްތްބޭންކުގައި ކުރައްވާ ވެރިކަމުން ރައްޔިތުންނަށް ކުރާ ފައިދާއެއް ނެތްކަމަށެވެ. ކޮންމެ ދުވަހަކުވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ވެސްޓްބޭންކުގެ ސަރަޙައްދުތަކަށް އަރައިގަނެ އެމީހުން ބޭނުންކަމެއް ކުރާ ކަމަށެވެ. 

"އެމީހުން ބޭނުންވާ ބައަކު ހައްޔަރުކޮށްގެން ގެންދޭ! އެމީހުން ބޭނުންވާ މީހަކު ޝަހީދުވެސް ކުރޭ! ވެސްޓްބޭންކުގައި ދިރިއުޅުމަކުން ލިބޭ ހިތްހަމަޖެހުމެއް ނެތް! އަމާންކަމެއްވެސް ނެތް! ތަނަވަސްކަމެއްވެސް ނެތް!" ކަމަށް ބައެއް މީހުން ބުނެއެވެ. މިފަދަވާހަކަތަކުންވެސް އެނގެނީ ޣައްޒާގެ ރައްޔިތުންނަކީ އާދައާ ޚިލާފަށް ވަރުގަދަ ހިތްވަރެއް ލިބިފައިވާ ބައަކު ކަމެވެ.

ޣައްޒާގެ ރައްޔިތުންނަށް ލިބިފައިވާ ނިކަމެތިކަން ބޮޑުކަމުން އެންމެ ބޭނުމީ އަސާސީ ޙައްޤުތައް ލިބިގެން މިނިވަންކަމާއި އަމާންކަމާއިއެކު ދިރިއުޅެލެވުން ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ.  

ބޮޑު ޓެރަރިސްޓް ނަތަޔާންހޫ މިހާރު ވަނީ ޣައްޒާގެ ވެރިކަން ކުރާނީ އިޒްރޭލުންކަން ހާމަކޮށްފައެވެ. މިފަދަ ހުރިހާ ކަމަކަށް ގޮތްކިޔަން އަދި އަވަހެވެ.

 

މިއަދު އޮންލައިން