ހިތްދަތިޙާލެއް ކުރިމަތިވެއްޖެނަމަ ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އެންމެ ފަސޭހައިން ލިބޭނެ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހިތްދަތިޙާލެއް ކުރިމަތިވެއްޖެނަމަ ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އެންމެ ފަސޭހައިން ލިބޭނެ މަގު-: މުފްތީ މެންކް

ހިތާމަކުރަންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށް ހަނދާންކުރަންވީ އެހެންމީހަކަށް ހިތްދަތިކަން ލިބޭނެ ފަދަ ކަމެއް ކުރެވިފައިވޭތޯއެވެ. އެފަދަ ކަމެއް ކުރެވިފައިވާނަމަ އަވަހަށް އެމީހަކާއި ބައްދަލުކޮށް މާފަށް އެދޭށެވެ. ބަދަލުދޭންޖެހޭ ކަމެއް ނަމަ ބަދަލުދޭށެވެ. އޭނާގެ ޙިތްޙަލާލް ލިބިގަންނާށެވެ.

ދެން އޮތީ އެފަދަ އެއްވެސް ކަމެއް ކުރެވިފައި ނުވުމެވެ. އެހެންކަމަށްވާނަމަ ތިމާފަދައިން ޙިތްދަތި ޙާލުގައި ހުރި މީހަކު ހޯދައިގެން ނަމަވެސް އެމީހަކަށް ހިތްވަރުދީ އެހީތެރިވެދޭށެވެ. ހިތްދަތިޙާލުގައި ހުރި މީހަކު ނުފެނިއްޖެނަމަ ބަލިޙާލުގައި އުލެންޖެހިފައިވާ މީހަކަށް ނަމަވެސް ހިތްވަރުދީ އެހީތެރިވެދޭށެވެ. 

ހަމަ އެއާއިއެކު ތަނަވަސްކަން ހުރިނަމަ ހުރި މިންވަރަކުން ޞަދަޤާތްވެސް ކުރާށެވެ. ޞަދަޤާތް ކުރުމަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް އިތުރުވާ ކަމެކެވެ. އިން ޝާ ﷲ 

މިއަދު މީޙުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކާއިއެކު އެެހން މީހުންނާއިމެދު ވިސްނަނީ ވަރަށް މަދު މީހެކެވެ. އެހެން މީހުންނަށް އެހީތެރިވެދިނުމުގެ މުހިންމުކަމާއިމެދު ވިސްނަނީ މަދު މީހެކެވެ. އެހެނަސް އެއީ ކުރަން އެންމެ ފައިދާހުރި އެއްކަންތަކެވެ.

މިހެން ބުނަންޖެހޭ ސަބަބަކީ އެހެން މީހުންނަށް އެހީތެރިވުމުގައި މީހަކު ދެމހުރެއްޖެނަމަ އެމީހަކަށް އެހީތެރިވެވޮޑިގެންނެވުންމަތީގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. ﷲ ތަޢާލާ މީހަކަށް އެހީތެރިވެވޮޑިގަންނަވާނަމަ އެމީހަކަށް އޮންނާނީ ކޮން ދަތިކަމެއްހެއްޔެވެ. އެމީހަކަށް ލިބޭނީ ކޮން ހިތްދަތިކަމެއް ހެއްޔެވެ؟ 

އެކުވެރިއަކު ނުވަތަ އަވަށްޓެރިއަކުނަމަވެސް އަދި އެހެން މީހަކުނަމަވެސް ދަތިޙާލެއްގައި ނުވަތަ ހިތްދަތިކަމެއްގައި އުޅޭނަމަ އެޙީތެރިކަމަށް އެދެންނދެން ލަސްނުކުރާށެވެ! އިސްނަގައި އެމީހަކަށް އެހީތެރިވާން އަވަސްވެގަންނާށެވެ. އެކަމުގެ ފައިދާ ތިމާއަށް އެންމެ ބޮޑަށް ކުރާނީ އެހީތެރިވާން ތިމާ އިސްނެގުމުންނެވެ. ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ކޮންމެ ކަމެއް ކުރަންވެސް އަވަސްވެގަތުމާއި އިސްނެގުމަކީ އެކަން ކުރަން ލިބާ ލޯބިކުރާ މީހަކު ހާމަވެގެންދާނެ ކަމެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން