ލޫޠުގެފާނުގެ ޤައުމަށް އަލިފާނުގެ މަށި ވެއްސެވިކަން ސައިންސްގެ ހޯދުންތަކުން ޘާބިތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ލޫޠުގެފާނުގެ ޤައުމަށް އަލިފާނުގެ މަށި ވެއްސެވިކަން ސައިންސްގެ ހޯދުންތަކުން ޘާބިތުވެއްޖެ!

ޑެޑްސީ އާއި ގުޅިފައިވާ ބިންތައް ދިރާސާކުރަން ސައިންސްވެރިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިހައިތަނަށް ހޯދިފައިވާ އެއްކަމަކީ އެބިމުގައި (ބިމުގައިވާ ވެލީގައި) ގިނަ ޢަދަދެއްގެ ސަލްފަރ ހިމެނޭ ކަމެވެ. 

އެކަމުން އަންގައިދެނީ އެވެލި އުފެދިފައިވަނީ އަނދައިފާ ހިލަތަކުންކަމެވެ. މާނައަކީ އެވެލީގައި އަނދާފައިވާ އެއްޗެއް ގިނަ ޢަދަދަކަށް ހިމެނޭ ކަމެވެ. 

މިކަމުގެ ޙަޤީޤަތް ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ! 

"ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ."

"ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ."

"ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ."

(އަލް ޙިޖްރު: 73، 74، 75) 

ލޫޠްގެފާނުގެފާނުގެ ޤައުމުގެ މީހުން ކުޅަ ނުބައި ޢަމަލު (އެއްޖިންސުން ގުޅުންހިނގުން) މިއަދު މިދަނީ ޢާންމުވަމުންނެވެ. އެފަދަ ޢަމަލުތައް ކުރުމުން މީސްތަކުންނަށް ޢަޛާބް ފޮނުއްވަވާނެކަމުގެ ހެކި ދެއްކެވުމަށް ﷲ ތަޢާލާ އެވަނީ އެބިމުގައި މިއަދުވެސް އެކަމުގެ އަސަރު ލައްވަވައިފައެވެ. ވިސްނައި ފިކުރުކުރި މީހަކަށް ނޫނީ ސަލާމަތްކަމެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން