އުރީދޫ މޯލްޑިވްސް އިން ބާއްވަމުން އަންނަ ފޯރިގަދަ ޢާއިލީ ދުވުން ކަލަރ ރަންގެ ކިޓްދޫކުރުން އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ ކިޓް ދޫކުރުން ނުވަތަ އެކްސްޕޯރ އޮންނާނީ ނެޝަނަލް އާޓް ގެލަރީގައި މި ނޮވެމްބަރ މަހުގެ 18 އަދި 19 ގައި ކަމަށެވެ. އަދި އުރީދޫ ކަލަރ ރަން އެކްސްޕޯ އޮންނާނީ ހެނދުނު 10.00 އަކުން ހަވީރު 18:00 އަށް އަދި ރޭގަނޑު 20:00ން 22:00އަށް ކަމަށެވެ.
ކަލަރ ރަންގައި ރެޖިސްޓަރވެފައިވާ ފަރާތްތަކުން ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑާއި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެ ކަމަށްވެސް އުރީދޫ އިން ބުނެއެވެ.
މީގެއިތުރުން ރެޖިސްޓަރ ކުރެއްވި ފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ، ކިޓް ޙަވާލުވާ ފަރާތުގެ އައިޑީ ކާޑާއި ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ އަދި ރެޖިސްޓަރ ކުރެއްވިކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެ ކަމަށްވެސް ބުންޏެވެ. އަދި އައިޑީ ކާޑުގެ ބަދަލުގައި އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑުވެސް ޤަބޫލުކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ އިން އިތުރަށް ބުނީ އެކްސްޕޯ ނިމުމަށްފަހު، ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ، އަލުން ރެޖިސްޓްރޭޝަން ހުޅުވާލާނެ ކަމަށެވެ.
ކިޓުތައް ދޫކުރުމުގެ އިތުރުން އުރީދޫ އާއި ކަލަރ ރަންގެ ޕާރޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގ، ކޯޗް ޝުޖާއު، އައިރަނަރސް އަދި ބަރިސްޓަރ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ޚާއްސަ ހަރަކާތްތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް އުރީދޫ އިން ބުނެއެވެ.
އުރީދޫ ކަލަރ ރަން އަކީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ދުވުމެކެވެ. މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި ޢާންކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ.
ތަފާތު ކުލަތަކާއެކު އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ.
މި ދުވުމާއިބެހޭ އިތުރު މަޢުލޫމާތު http://ore.do/colorrun އިން ލިބިވަޑައިގަންނަވާނެއެވެ.