ޗެމްޕިއަން ޓީމަށް ހަލައްކަ ރުފިޔާ ހުށަހަޅާފައިވާ ސިޔާމް – މައުރޫފް ކަޕް މި މަހު ފަށަނީ

ކިޔުމަށް ހޭދަވާނީ 53ސ
ޗެމްޕިއަން ޓީމަށް ހަލައްކަ ރުފިޔާ ހުށަހަޅާފައިވާ ސިޔާމް – މައުރޫފް ކަޕް މި މަހު ފަށަނީ

ޗެމްޕިއަން ޓީމަށް 600،000 ރުފިޔާ ހުށަހަޅާފައިވާ ސިޔާމް – މައުރޫފް ކަޕް މި މަހުގެ 24 ގައި ފެށުމަށް ނިންމައިފިއެވެ.

 

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 24 އިން އަންނަ ޑިސެމްބަރ މަހުގެ 25 ގެ ނިޔަލަށް ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައެވެ.

 

މިފަހަރުގެ މުބާރާތުގައި 11 ޓީމު ބައިވެރިވެފައިވާ އިރު، މި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.  އެގޮތުން ގްރޫޕް އޭގައި ކެނދިކުޅުދޫ އާއި މާޅެންދޫ އާއި ހެނބަދޫ އާއި މަނަދޫ އާއި މިލަންދޫގެ އަދި މަގޫދޫ ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ވެލިދޫ އާއި ލަންދޫ އާއި މާފަރު އާއި ހޮޅުދޫގެ ކުޑަފަރީ އެވެ.

 

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 600،000 ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު، ރަނަރަޕް ޓީމަށް 100،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ފެއާރ ޕްލޭ ޓީމަށް 25،000 ރުފިޔާ، އެންމެ ރަނގަޅަށް ސަޕޯޓުކުރާ ޓީމަކަށް 15،000 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން