ޔޫނުސްގެފާނު އެބޮޑު މަހުގެ ބަނޑުން ސަލާމަތްކުރެއްވެވި ސަބަބުގައި ހިފަހައްޓައި ޘާބިތުވެ ތިބެއްޖެނަމަ އަހުރެމްނަށްވެސް ސަލާމަތްކަން ދެއްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޔޫނުސްގެފާނު އެބޮޑު މަހުގެ ބަނޑުން ސަލާމަތްކުރެއްވެވި ސަބަބުގައި ހިފަހައްޓައި ޘާބިތުވެ ތިބެއްޖެނަމަ އަހުރެމްނަށްވެސް ސަލާމަތްކަން ދެއްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

ޔޫނުސްގެފާނު ބޮޑު ބިޔަ މަހެއްގެ ބަނޑުގައި އޮންނެވުމާއި އެކަމުން ސަލާމަތްވެވަދައިގަތް ގޮތުގެ ވާހަކަ މިއަދު ދައްކައިފިނަމަ ކީރިތި ޤުރްޢާން ޤަބޫލުނުކުރާމީހުން ބުނާނީ އެއީ ހަދައިގެން ކިޔާ ފުލޯކުވާހަކައެއް ކަމަށެވެ. ނަމަވެސް އެއްވެސް މުސްލިމަކު އެވާހަކަ ދޮގެއްނުކުރާނެއެވެ. ތެދުކުރާނެއެވެ. އެއީ އެވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާތީއެވެ. 

ދެން ބަލައިލަންވީ ޔޫނުސްގެފާނު އެޙާލަތުން ސަލާމަތްކުރެއްވެވި ސަބަބަށެވެ. އެއީ ޔޫނުސްގެފާނުގެ ކިބައިގައި އެއްވެސް ބާރެއް ހުރެގެންވީކަމެއް ނޫނެވެ. އެމަހުގެ ބަނޑަށް ޔޫނުސްގެފާނު ލެއްވެވި ﷲ ތަޢާލާ، އެމަހުގެ ބަނޑުން ޔޫނުސްގެފާނު ސަލާމަތްކުރެއްވެވުމަށް މިންވަރުކުރެއްވެވީއެވެ. 

ސަލާމަތްކުރެއްވެވި ސަބަބަކީ ކޮބައިކަން އެނގޭހެއްޔެވެ؟ މަހުގެ ބަނޑުގައޮި އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވެވި ދުޢާގެ އަޑު މަލާއިކަތުންނަށް އިވިވަޑައިގަތުމުން މަލާއިކަތުން ﷲ ތަޢާލާއަށް ދެންނެވިއެވެ. "އެއިވެނީ ކޮންމެ ދުވަހަކު ރިވެތި އަޑުފުޅުން އިނބަ ﷲ އަށް ތަޞްބީހަ ވިދާޅުވި އަޑުފުޅެވެ. މިއަދު އެއަޑުފުޅު އެއަންނަނީ އެހެން ގޮތަކަށެވެ. އެހެން ދިމާއަކުންނެވެ." 

ޙާޞިލުކުރަން އޮތް އެންމެ ބޮޑު އެއް ޢިބްރަތަކީ ތިބާއަކީ ކޮންމެ ދުވަހަކު ﷲ ތަޢާލާއަށް ޛިކުރުކޮށް ތަސްބީޙް ކިޔާ މީހަކުނަމަ ތިބާއަށް ބޮޑުކަމެއް ޖެހިގެން ﷲ ތަޢާލާއަށް ދެންނެވުމުން ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެ ކަމެވެ. ތިބާއަށް ކުރިމަތިވެފައިވާ ކަންކަމުން ތިބާ ސަލާމަތްކުރައްވަވާނެކަމެވެ. ތިބާގެ ފަހަތުން ﷲ ތަޢާލާގެ ރަޙްމަތް ފޮނުއްވަވާނެ ކަމެވެ. 

އަހުރެމެންނަށް ދަތިއުނދަގޫ ޙާލަތެއް ކުރިމަތިވާނީ ކޮންދުވަހަކުންކަމެއް ނުއެނގޭނެއެވެ. ވީމާ ސަލާމަތުން ތިބޭއިރު ﷲ ތަޢާލާއަށް ޛިކުރުކޮށް ތަސްބީޙް ކިޔަމުން ގެންދާށެވެ. އެއިރުން ހަމަ ތިބާއަށްވެސް ބޭނުންޖެހޭ ހިނދު ﷲ ތަޢާލާގެ ރަޙްމަތް ތިބާއާއިއެކުގައި ވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން