އެމްޕީއެލްގެ ފްލެޓްތަކުގެ ކުލި ކުޑަކޮށް އަގުނެގުން ވެސް ފަސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެމްޕީއެލްގެ ފްލެޓްތަކުގެ ކުލި ކުޑަކޮށް އަގުނެގުން ވެސް ފަސްކޮށްފި

މޯލްޑިވެސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓްތަކުގެ ކުލި ކުޑަކޮށް އަގުނެގުން ވެސް ފަސްކޮށްފައިވާކަމަށް އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، "ސުވާލު އެބަކުރޭ ކުލި ނަގަން ފަށާނެ ދުވަހަކާމެދު. މުވައްޒަފުންނަށް ދޭ ޔަގީންކަމަކީ، ފްލެޓަށް މީހުން ވަދެ ހަމަޖެހި ނިމުނީމަ ނޫނީ ކުލި ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން. އަދި މިހާރުގެ ކުއްޔަށްވުރެ ކުލިވެސް ކުޑަކޮށްދޭނަން." އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވިއެވެ.

މަސައްކަތްކުރީ ކުންފުންޏާއި ހަވާލުވެ ދެ މަސްތެރޭގައި މުހިންމު ހުރިހާ މަސައްކަތްތައް ނިންމާ މުވައްޒަފުން ފްލެޓްތަކަށް ވެއްދުމަށްކަމަށާއި ބައެއް މަސައްކަތްތައް ކޮންޓްރެކްޓްކޮށްފައި ހުރި ގޮތުން ފްލެޓްތަކުގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް ވަޖީހު ވިދާޅުވިއެވެ. ނަމަވެސް މީހުން ދިރިއުޅެވޭ ވަރަށް މަސައްކަތް ނިމުނު ފްލެޓްތަކަށް މިހާރު އާއިލާތަކުން ބަދަލުވާން ފަށާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. އެގޮތުން ސަތޭކައެއްހާ އާއިލާ މިހާރު ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ.

އެމްޕީއެލް ފްލެޓްގައި ހިމެނެނީ 534 އެޕާޓްމަންޓެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 ޔުނިޓާއި، 3 ކޮޓަރީގެ 330 ޔުނިޓް ހިމެނެއެވެ. 4 ބާވަތެއްގެ އެޕާޓްމަންޓް ހިމެނޭއިރު، އަގުތައް އުޅެނީ 3700އާއި 8000އާއި ދެމެދުގައެވެ.

މިއަދު އޮންލައިން