28.3 މިލިއަން ރުފިޔާގެ ތެލުގެ ޚިޔާނާތުގެ މައްސަލައިގައި 2 ދިވެހިންނާއި ބިދޭސީއަކަށް ދައުވާކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 2ސ
28.3 މިލިއަން ރުފިޔާގެ ތެލުގެ ޚިޔާނާތުގެ މައްސަލައިގައި 2 ދިވެހިންނާއި ބިދޭސީއަކަށް ދައުވާކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެލުގެ ޚިޔާނާތުގެ މައްސަލައިގައި 2 ދިވެހިންނާއި ބިދޭސީއަކަށް ދައުވާކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި އެމައްސަލައިގައި ގެއްލުނު ފައިސާގެ އަދަދު 28.3 މިލިއަން ރުފިޔާއަށް އަރައެވެ. މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހެޅީ ބުދަ ދުވަހުއެވެ.

މައްސަލައިގައި ދައުވާ އުފުލާފައިވަނީ 2 ދިވެހިންނާއި ބިދޭސީއެއްގެ މައްޗަށެވެ.

މިމައްސަލައިގައި ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރ މުޙައްމަދު އައިމަން އަށާއި އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް މެނޭޖަރު ހަސަން ދީދީ ގެ އިތުރުން އެފްއެސްއެމްގެ ތެޔޮބައުޒަރުގެ ޑްރައިވަރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބް އަށެވެ.

އެމްޕީއެލްގެ އެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ އެފްއެސްއެމް މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅިގެން މިމައްސަލަ ފެންމަތިވީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައެވެ.

 

 

 

 

މިއަދު އޮންލައިން