ކަޝޯޤީގެ މައްޗަށް 2 ހަރަމްފުޅުގަ ކަށު ނަމާދުކޮށްފި - ޢާއިލާގެ އާދޭހަކީ އެންމެންވެސް ހެޔޮ ދުޢާކޮށްދިނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކަޝޯޤީގެ މައްޗަށް 2 ހަރަމްފުޅުގަ ކަށު ނަމާދުކޮށްފި - ޢާއިލާގެ އާދޭހަކީ އެންމެންވެސް ހެޔޮ ދުޢާކޮށްދިނުން!

އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދި އަރަބިޔާއަށް ދިއުމުން މަރާލުމަށްފަހު ނައްތާލައިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ކަޝޯޤީގެ މައްޗަށް މިއަދު 2 ހަރަމަފުޅުގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ.

 

މަސްޖިދުއް ނަބަވީގައި ކަށުނަމާދުކުރީ މިއަދުގެ ފަތިސް ނަމާދަށްފަހުއެވެ. މައްކާގެ ޙަރަމްފުޅުގައި ކުރީ މިއަދުގެ ހުކުރު ނަމާދަށްފަހުއެވެ.

 

ޖަމާލް ކަޝޯޤީގެ ދަރިފުޅު ޞަލާޙް ކަޝޯޤީ ބުނީ މިއަދުން ފެށިގެން އާދީއްތަ ދުވަހަށް ޖިއްދާގައި ހުންނަ ޢާއިލީގެ އަށް ޒިޔާރަތްކޮށް ތަޢްޒިޔާ ކިޔުމުގެ ފުރުޞަތު ފިރިހެނުންނަށް ހުޅުވާލާފައިވާ ކަމަށާއި އަދި ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހަށް އަންހެނުންނަށް ފުރުބަތު ހުލުވާލާފައިވާ ކަމަށެވެ.

 

ޞަލާޙް ބުނީ ޢާއިލާއިން އެދެނީ ވީހައި ގިނަ ބައަކު ބައްޕައަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށް ކަމަށެވެ.

 

ސައުދީގައި މިހާރު ވަނީ ކަޝޯޤީ މެރުމުގައި ބައިވެރިކަމަށް ބުނެ 5 މީހަކަށް މަރުގެ އަދަބު ދީފައެވެ. މިހައި އަވަހަށް ކުއްލި ގޮތަކަށް މިމީހުންނަށް މަރުގެ އަދަބު ދިނުމާއި ގުޅިގެން ވެސް ގިނަ ބައަކު ދަނީ ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ. 

މިއަދު އޮންލައިން