ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކާއިއެކު މެރިޓައިމް ދާއިރާއަށް "އިންޤިލާބީ ބަދަލެއް" އަންނާނެ: ވަޖީހް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކާއިއެކު މެރިޓައިމް ދާއިރާއަށް "އިންޤިލާބީ ބަދަލެއް" އަންނާނެ: ވަޖީހް

ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކާއިއެކު މެރިޓައިމް ދާއިރާއަށް "އިންޤިލާބީ ބަދަލެއް" އަންނާނެ ކަމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވިލާ ނޯޓިކާ ރިސޯޓްގައި ކުރިއަށްދާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް މިހެން ވިދާޅުވީ "މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވަގުތެއް. ދޭސީ އަދި ބިދޭސީ ސްޓޭކް ހޯލްޑަރުން އެއް ތަނަކުން ބައްދަލުވެ، އަޅުގަނޑުމެންގެ މެރިޓައިމް ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، މި ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކައި، މި ދާއިރާގެ މުސްތަޤްބަލް ބައްޓަންކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ،" ކަމަށެވެ.

މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ބައްދަލުވުމެއް ކަމަށާއި މެރިޓައިމް ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދު ކުރިއެރުވުމަކީ މިއަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކާއިއެކު، މެރިޓައިމް ދާއިރާއަށް "އިންޤިލާބީ ބަދަލެއް" އަންނާނެ ކަމަށް ވަޖީހް ވިދާޅުވިއެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން، މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމް.ޕީ.އެލްއިން ބާއްވާ ކޮންފަރެންސެކެވެ.

މިއަދު އޮންލައިން