އެމްޕީއެލް އިން ރީ-އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
އެމްޕީއެލް އިން ރީ-އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށަނީ!

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ރީ-އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަމާގުޅިގެން  އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، އެއް ޤައުމުން އެތެރެކުރާ މުދާ އެހެން ޤައުމަކަށް އެކްސްޕޯޓްކުރުމަށް ބޮޑު ޑިމާންޑެއް އެބައޮތްކަމަށާއި އަދި އެމްޕީއެލްއަށް އިތުރު އާމްދަނީއެއް ހޯދުމުގެ މަސައްކަތުގެ ދަށުން ރީ-އެކްސްޕޯޓްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

ޓްރާންސްޝިޕްމަންޓު ކާގޯ ހޭންޑަލް ކުރުމާއި ގުޅޭގޮތުން އެއަރލައިންތަކަކާއި ވާހަކަދެކެވި، އެއްބަސްވުންތަކާއި ހަމައަށް ގޮސްފައިވާކަމަށާއި މި ވިޔަފާރީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށްވެސް ހައްލެއް ލިބިގެންދާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން