ސްޓިވަރޑޯރިން ފީ ޑޮލަރުން ދައްކަންޖެހޭގޮތައް ބަދަލުގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ސްޓިވަރޑޯރިން ފީ ޑޮލަރުން ދައްކަންޖެހޭގޮތައް ބަދަލުގެނެސްފި

ސްޓިވަރޑޯރިން ފީ ޑޮލަރުން ދައްކަންޖެހޭގޮތައް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަދަލުގެނެސްފިއެވެ.

މިކަމާގުޅިގެން އެމްޕީއެލްއިން ބުނެފައިވަނި ޝިޕިން އެޖެންޓުންނާއި ޝިޕް އޯނަރުން ދައްކަމުން އަންނަ ސްޓިވަރޑޯރިން ފީ ޑޮލަރުން ނެގުމަށް ނިންމާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމަށެވެ.

މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރަށް އަރާނެކަމަށާއި އަދި ރާއްޖޭގެ ބާޒާރުގައި ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން ހައްލުވެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރު ހިފެހެއްޓޭނެކަމަށްވެސް އެމްޕީއެލްއިން ބުނެފައި ވެއެވެ.

މި ބަދަލުގެ ސަބަބުން އެމްޕީއެލްގެ ޑޮލަރުގެ އާމްދަނީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރަށް އަރާނެކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފައެވެ.

މިގެކުރިންވެސް ޑޮލަރުން ދައްކަމުން އައި މި ފީ 2011 ވަނަ އަހަރުގެ ތެރޭގައި ވަނީ ދިވެހި ރުފިޔާއިން ދެއްކޭގޮތައް ބަދަލުގެނެސްފައެވެ.

މިއަދު އޮންލައިން