ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޕޯސްޓުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޕޯސްޓުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވަނީ!

ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޕޯސްޓުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވަން ފިޔަވަޅުތަކެއް އަޅާނެކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

މިކަމާގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ، ފަހަކަށް އައިސް ޕޯސްޓް މެދުވެރިކޮށް ޕާޓީ ޑްރަގްސް ފަދަ އެކި ބާވަތުގެ މަސްތުވާތަކެތި އެތެރެކުރާކަން ފާހަގަ ކުރެވިފައިވާކަމަށާއި އަދި މި މައްސަލަ ހައްލު ކުރަން މިހާރު މަސައްކަތް ފެށިފައިވާ ކަމަށެވެ.

މީގެ އިތުރުން ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަ އިތުރުވެފައި ވުމުން އެ މައްސަލަ ހައްލު ކުރުމަށް އެމްއޭސީއެލްއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން