ނިމިގެންދާ މަޖިލީހުން މަސައްކަތްކުރީ ސަރުކާރުގެ މަޝްރޫޢުތަކާއި މަސައްކަތްތައް ހުއްޓުވާލަން: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނިމިގެންދާ މަޖިލީހުން މަސައްކަތްކުރީ ސަރުކާރުގެ މަޝްރޫޢުތަކާއި މަސައްކަތްތައް ހުއްޓުވާލަން: ނައިބު ރައީސް

ނިމިގެންދާ މަޖިލީހުން މަސައްކަތްކުރީ ސަރުކާރުގެ މަޝްރޫޢުތަކާއި މަސައްކަތްތައް ހުއްޓުވާލަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވާހާއި އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓިވިއުގައި ނައިބު ރައިސް ވިދާޅުވީ މި ނިމިގެންދާ މަޖިލީހުން މަސައްކަތްކުރީ ސަރުކާރުގެ މަޝްރޫޢުތަކާއި މަސައްކަތްތައް ހުއްޓުވާލަން ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތާއި ވިސްނުންފުޅުގެ ސަބަބުން މިއަހަރުގެ ބަޖެޓުގައި ނުހިމަނާހުރި ބައެއް މަޝްރޫޢުތައްވެސް ފައްޓަވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން މިސާލެއްގެ ގޮތުގައި ރަސްމާލެ މަޝްރޫޢު ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މަޖިލީހުގެ އެއްބާރުލުން ނުލިބުނުނަމަވެސް ރައްޔިތުންނަށް ބޭނުންވެފައިހުރި ގިނަ ކަންކަން ނިންމަވާ ގިނަ ކަންކަން މިހާރު ހުރީ ތަންފީޒީ މަރުޙަލާގައިކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދެން ރައްޔިތުންނަށް ފެންނާނީ ތަފާތު މަންޒަރެއްކަމަށާއި މަޖިލީހުގެ މަސައްކަތްތައް ވަރަށް ހަލުވިވާނެ ކަމަށެވެ. "އަޅުގަނޑުމެން ބޭނުމެއްނުވޭ ވަގުތު ބޭކާރުކުރާކަށް. ރައީސް ވެވަޑައިގެންނެވި ވަޢުދުތައް މި 5 އަހަރު ތެރޭ ފުއްދުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ." ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން