މިއަދު ބޭއްވި 6 ކައުންސިލެއްގެ ބައި-އިލެކްޝަން ގައި ޕީއެންސީން 4 ގޮނޑި ކާމިކާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
މިއަދު ބޭއްވި 6 ކައުންސިލެއްގެ ބައި-އިލެކްޝަން ގައި ޕީއެންސީން 4 ގޮނޑި ކާމިކާބުކޮށްފި

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދިޔަ 6 ކައުންސިލެއްގެ ބައި-އިލެކްޝަންގެ ތެރެއިން ޕީއެންސީން 4 ގޮނޑި ކާމިކާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމުގެ އިންތިހާބާއި، ހއ. އުތީމާއ، ނ. ވެލިދޫގެ އިތުރުން ލަންދޫގެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ހއ. ތަކަންދޫ އާއި ރ. އިންނަމާދޫގެ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމުގެ ބައި އިލެކްޝަނެވެ.

އިލެކްޝަނުން އާންމު ކުރި ނަތީޖާތައް ދައްކާ ގޮތުން އިންތިހާބުގައި ޕީއެންސީއަށް ހަތަރު ގޮނޑި ކާމިޔާބު ކުރިއެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އެއް ގޮނޑި އަދި، ޑިމޮކްރެޓްސް ވަނީ ފުރަތަމަ ފަހަރަށް އިންތިހާބީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.

މިފަހުން ބާއްވަމުންއަންނަ ކައުންސިލްތަކުގެ ބައި އިލެކްޝަން ތަކުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ޕީއެންސީއިންނެވެ. 

 

މިއަދު އޮންލައިން