"ފްލައި ޓު ޕެރިސް ވިތް އުރީދޫ" ގެ ނަސީބުވެރިޔާ ޕެރިހަށް ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
"ފްލައި ޓު ޕެރިސް ވިތް އުރީދޫ" ގެ ނަސީބުވެރިޔާ ޕެރިހަށް ފުރައިފި

އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯގެ ނަސީބުވެރިޔާ 11 މޭ 2024ގައި ޕެރިހަށް ފުރައިފިއެވެ.

މި ހާއްސަ ލަކީޑްރޯއަކީ 18 އޮކްޓޯބަރުން ފެށިގެން 31 ޑިސެމްބަރު 2023 އާއި ދޭތެރޭ އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ލަކީޑްރޯއެކެވެ. މި ނަސީބުވެރި ކަސްޓަމަރާއެކު އުރީދޫ ޓީމުގެ 2 މެމްބަރުންވެސް ބައިވެރިވިއެވެ. މިއީ މި ލަކީޑްރޯއާ ގުޅުވައިގެން އުރީދޫ ސްޓާފުންގެ މެދުގައި ބޭއްވުނު މުބާރާތަކުން މޮޅުވި 2 ސްޓާފުންނެވެ..

ޕެރިހައް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއި އެކު އެކޮމޮޑޭޝަން ގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމް ގެ އުރީދޫ ވީއައިޕީ ލައުންޖުން 21 އޭޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

ޕެރިހުގައި ޕީއެސްޖީ އާއި ޓުލޫސް މެޗް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ކުރިއަށް ގެންދިޔައީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެންނެވެ. ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރެއްވި ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ކުރެވުނެވެ. މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގެންނެވި ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕަރޓްނަރޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިއަދު އޮންލައިން