އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ބަލަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ބަލަނީ

އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ޓަވަރަކަށް އެކި ވާހަކަ ދައްކައި ހައްދާލައިގެން މީހުން ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާޢި މި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މީހުން ގެންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޓަވަރަކަށެވެ. އެއީ ކޮން ޓަވަރެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ވަނީ މިގޮތަށް ގޮތް ނޭނގޭ ބަޔަކު ތަންތަނަށް ދާން އެދުނު ކަމުގައިވިއަސް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން