ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މުހައްމަދު ރަޝީދު މަޖިލީހުގެ އަމީން އާންމުގެ މަގާމަށް އައްޔަނުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މަޖިލީހުގެ އިދާރާގެ އެކި މަގާމުތަކުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ރަޝީދު އެންމެ ފަހުން ހުންނެވީ މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލްގެ މަގާމު ގައެވެ.
މަޖިލިސް ގަވައިދު ކުރިން އޮތީ އަމީންއާންމުގެ މަގާމަށް ދެ ބޭފުޅަކު އެއް ވަގުތެއްގައި އައްޔަންކުރެވޭ ގޮތަކަށް ނޫނެވެ. އެހެންނަމަވެސް މަޖިލީހުގެ އާންމު ކޮމިޓީއިން ވަނީ މަޖިލީހުގެ ގަވާއިދުގެ އަމީން އާންމުގެ ނާއިބާ ގުޅޭ ބަޔަށް އިސްލާހުގެނެސްފައެވެ. އެގޮތުން، އަމީން އާންމަށް ހިންގުމުގެ ދާއިރާއިންނާއި، ގާނޫނީ ދާއިރާއިން އެހީތެރިވުމަށް ދެ ނާއިބުން އައްޔަނު ކުރެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ.