ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރުވެސް ޕީއެންސީއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރުވެސް ޕީއެންސީއަށް

ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ޕީއެންސީއާއި ގުޅިވަޑައިގެންފިއެވެ.

އަލްސަންގެ ފޯމާއި ޙަވާލުވެވަޑައިގަތީ އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަލްސަންއަކީ މި ފަހަރު މަޖިލީހަށް ހޮވުނު އެންމެ ހަގު މެންބަރުކަން ފާހަގަ ކޮށްލެވެއެއެވެ.

20 ވަނަ މަޖިލީހުގަ ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ ޢަދަދު 75 އަށް އަރާފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ ތާޢީދާއެކު ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ ލީޑަރުގެ އިތުރުން އެމްޑީއޭއިން އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި މެންބަރުން ހިމެނޭހެން 20 ވަނަ މަޖިލީހުގައި ސަރުކާރަށް ތާޢީދުކުރާ މެންބަރުންގެ އަދަދު މިހާރު މިވަނީ 79 އަށް އިތުރުވެފައެވެ.

 

މިއަދު އޮންލައިން