ލޮރީއާއި ޕިކަޕު ފަދަ އުޅަނދުތަކުގައި، މުދާ އުފުލާއިރު ވަޔާވިއްސައިގެން ނުދާނޭހެން އައްސާފައި ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ލޮރީއާއި ޕިކަޕު ފަދަ އުޅަނދުތަކުގައި، މުދާ އުފުލާއިރު ވަޔާވިއްސައިގެން ނުދާނޭހެން އައްސާފައި ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފި

ލޮރީއާއި ޕިކަޕު ފަދަ އުޅަނދުތަކުގައި، މުދާ އުފުލާއިރު ވަޔާވިއްސައިގެން ނުދާނޭހެން އައްސާފައި ބެހެއްޓުމަށް ދިވެހި ފުލުހުންގެ އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މި ދުވަސްވަރަކީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ލޮރީއާއި ޕިކަޕު ފަދަ އުޅަނދުތަކުގައި، ފަސޭހައިން ވަޔާދާނެ ފަދަ ޓިނާއި ފިލާފަދަ ތަކެތި އުފުލާއިރު އެ ތަކެތި ވަޔާވިއްސައިގެން ނުދާނޭހެން ރައްކާތެރިކަމާއެކު އައްސާފައި ބެހެއްޓުން މުހިއްމު ކަމަށެވެ.

އަދި އުޅަނދަށް އަރުވާ ހުރިހާ ތަކެއްޗެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެއްސުމަށް ބޭނުންކުރާ ތަކެއްޗަކީވެސް އެކަށީގެންވާ ވަރުގަދަ ތަކެތިކަން ޔަޤީންކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

މީގެއިތުރުން އޯވަރލޯޑް ނުކުރުމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް އުޅަނދުތަކުގެ ދުވެލި މަޑުކުރުމަށް އިސްކަން ދިނުމަށްވެސް ފުލުހުންވަނީ އެދިފައެވެ.

 

މިއަދު އޮންލައިން