މިހާރު ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޯއްދަވާނެ: އަބްދުއްރަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މިހާރު ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޯއްދަވާނެ: އަބްދުއްރަހީމް

މިހާރު ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޯއްދަވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ މުޝީރު، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާއި ހިއްސާކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީގެ ސުޕާ މެޖޯރިޓީއޮތް މަޖިލިސް ފެށޭއިރު، އެ މަޖިލިސް ވެގެންދާނީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންވާ މަޖިލީހަކަށް ކަމަށާއި މަޖިލީހަށް މިހާރު ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޯއްދަވާނެކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ވެރިކަންކުރި އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮވެމެ ރައްޔިތުންގެ އިތުބާރު ގެއްލެން މެދުވެރިވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިން ފެށިގެން ވެސް، ގައުމުގެ މަސްލަހަތަށްވުރެ ބޮޑަށް އަމިއްލަ މަސްލަހަތު އިސްކުރުމުގެ ސަބަބުން ކަމަށެވެ. މުޅި ގައުމުގެ ފައިދާއަށްވުރެ ބޮޑަށް އަމިއްލަ ފައިދާ ކުރިއަށް ނެރެގެން އެމްޑީޕީން މަސައްކަތްކުރުމުގެ ސަބަބުން މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ނުކުރެވިދިޔަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިމަހުގެ 28 ގައި ހުވާކުރާ އައު މަޖިލީހުގެ ރައީސަކަށް ޢަބްދުއްރަޙީމް އިންތިޚާބުކުރުމަށް ޕީއެންސީގެ އިންތިޚާބީ މެންބަރުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.

މިއަދު އޮންލައިން