ސަރުކާރަށް ބަދަލުތަކެއް ގެންނަވަނީ ހިންގުން ރަނގަޅުކުރުމަށް: އަބްދުއްރަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަރުކާރަށް ބަދަލުތަކެއް ގެންނަވަނީ ހިންގުން ރަނގަޅުކުރުމަށް: އަބްދުއްރަހީމް

ސަރުކާރުގެ ބައެއް މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބަދަލުތައް ގެންނަވަނީ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދައި ސަރުކާރުގެ ހިންގުން ރަނގަޅުކުރެއްވުމަށްކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާއި ހިއްސާކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ސަރުކާރުގެ މަޤާމުތަކަށް ގެންނަ ބަދަލުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންވާ ސްޕީޑުގައި ކަންކަން ކުރިއަށްގެންދާއިރު މިހާރު ކަންކަން ދާގޮތަށް ބަލައި އެމަނިކުފާނަށް ބަދަލު ގެންނަންޖެހޭކަމަށް ޤަބޫލުކުރެވުމުން ގެންނަވާ ބަދަލުތަކެއްކަމަށާއި އެއީ ސަރުކާރުގެ ހިންގުން ރަނގަޅު ކުރެއްވުމަށް ގެންނަވާ ބަދަލުތަކެއްކަމަށެވެ.

"ސަރުކާރަށް ރައީސް ޑރ. މުޢިއްޒު ގެންނަވާ ބަދަލުތަކަކީ އެމަނިކުފާނު ރައްޔިތުންނަށް ވީވަޢުދާއެއްގޮތަށް މަސައްކަތް ކުރެއްވުމައްޓަކައި ގެންނަވާ ބަދަލުތަކެއް. އެމަނިކުފާނު ވިދާޅުވެފަ އޮންނާނެ އެމަނިކުފާނާ އެއްކޮށް މަސައްކަތް ކުރެވޭނީ 24 ގަޑިއިރުވެސް މަސައްކަތުގަ އުޅޭވޭ ބޭފުޅުންނަށޭ. ހަމައެއާއެކު ގެންނަވަންޖެހޭ ބަދަލުތައް ގެންނަވަން އެމަނިކުފާނު ފަސްޖެހިވަޑައި ނުގަންނަވާނެ. އޭގެ ސަބަބުން ސަރުކާރާށް އެއްވެސް ހީނަރުކަމެއް ނާދޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން