20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރަށްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރަށްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރަށްވައިފިއެވެ.

އިންތިޚާބީ މެންބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނެވެ. މެންބަރުން ހުވާކުރެއްވުމަށްފަހު ހުވާގެ އިގުރާރުގައި ވަނީ ސޮއިކުރަށްވާފަ އެވެ.

އާ މަޖިލީހުގެ މެންބަރުން ހުވާކުރަށްވާފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

އާ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް 75 މެމްބަރުންނާއެކު ވަނީ ލިބިފައެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކީ އެމްޑީޕީ އެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އާ މެމްބަރުންނާއިއެކު ބާއްވާ ފުރަތަމަ ޖަލްސާގައި މެމްބަރުންގެ ސިއްރު ވޯޓަކުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރަންޖެހެ އެވެ. މި ނަމްބަރު ތާވަލުކޮށްގައިވަނީ ހެނދުނު 10:15 ގަ އެވެ.

 

މިއަދު އޮންލައިން