20 ވަނަ މަޖިލިސް ވެގެންދާނީ ރައީސް ޑރ.މުއިއްޒުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް: މަޖްލިސް ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
20 ވަނަ މަޖިލިސް ވެގެންދާނީ ރައީސް ޑރ.މުއިއްޒުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް: މަޖްލިސް ރައީސް

ވިހިވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ދެއްވި ފުރަތަމަ ބަޔާނުގައި އަބްދުއްރަހީމް ވިދާޅުވީ ވިހިވަނަ މަޖިލީހުގެ މަސައްކަތްތައް ފެށިގެންދަނީ މުހިންމު އާ ސިޔާސަތުތަކާއެކު އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނެސް ދެއްވުމުގެ ވަރުގަދަ އަޒުމުގައި ރައީސް މުއިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވިތާ މަދު މަސްތަކެއްގެ ތެރޭގައިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. "އެހެންކަމުން މި މަޖިލިސް ވެގެންދާނީ އެމަނިކުފާނުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިނގަންވާނެ މަޖިލީހަކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލިހުގެ ރައީސް ވިދާޅުވީ މިދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިއްމު ނިންމުންތަކެއް ނިންމަންޖެހިފައިވަ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން މުހިއްމު ބައެއް ކަންކަން ފާހަގަކުރެއްވިއެވެ. އެއީ އިގްތިސާދީ އަސާސްތައް ފުޅާކުރުމާއި, އާމަސައްކަތްތަކާއި ފަންނުތަކާއި, ވިޔަފާރިތައް އިތުރުކުރުމާއި, ފައިސާއާ މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުމެވެ. އަދި އުމްރާނީ ތަރައްޤީގެ އާ ހަރުފަތްތަކެއް ރާއްޖެއަށް ތަޢާރަފްކުރަމުން ގެންދިއުމާއި, ވީދެމުންދާ ދިވެހީންގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ އާކުރުމަކީވެސް މިދައުރުގެ މުހިއްމު މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުމާއި, ނުގަވާއިދުން ރާއްޖެއަށް ބިދޭސީން ވަންނަ ދޮރުތައް ބަންދުކޮށް, ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީވެސް 20 ވަނަ މަޖިލިހުގެ މުހިއްމު މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ., ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއެކު މަޖިލިހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުމަށްވެސް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލިހުގެ އާ ރައީސް ވިދާޅުވީ މިދައުރުގެ މެމްބަރުން ކޮނޑު އަޅަނީ ބޮޑުބިޔަ ބުރަ މަސައްކަތަކާ ކަމަށެވެ. ނަމަވެސް ނަތީޖާނެރެ ރައްޔިތުން ފަޚުރުވެރިވާނެ މަޖިލިހަކަށް ވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މިއަދު އޮންލައިން