އުފަންވެލި ޝޮޕްތަކުން އޮރެންޖާ އެހެން ބައެއް ބާވަތްތައްވެސް ބޮޑުތަނުން 3 ދުވަހަށް އަގުހެޔޮކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އުފަންވެލި ޝޮޕްތަކުން އޮރެންޖާ އެހެން ބައެއް ބާވަތްތައްވެސް ބޮޑުތަނުން 3 ދުވަހަށް އަގުހެޔޮކޮށްފި!

އުފަންވެލި ޝޮޕްތަކުން ކާބޯތަކެތީގެ ބައެއް ބާވަތްތައް 3 ދުވަހަށް އަގުހެޔޮކޮށްފިއެވެ. 

އޮރެންޖެއް އެންމެ 2.50 އަށް ވިއްކާއިރު 100 އޮރެންޖުގެ ކޭހެއް ވިއްކަނީ 230 ރުފިޔާއަށެވެ. މީގެ އިތުރުން ޗީކީ ޕެއާރސް ކިލޯއެއް 30 ރުފިޔާއަށް ވިއްކާއިރު 12.5 ކިލޯގެ ކޭހެއް ވިއްކަނީ 200 ރުފިޔާއަށެވެ. ކޭޕްރޯޒް ޕެއާޒް ކިލޯއެއް 30 ރުފިޔާއަށް ވިއްކާއިރު 12.5 ކިލޯގެ ކޭހެއް ވިއްކަނީ 120 ރުފިޔާއަށެވެ. ވެރަމައުންޓް ބިޔުޓީ ޕެއާރސް ކިލޯއެއް 50 ރުފިޔާއަށް ވިއްކާއިރު 12.5 ކިލޯގެ ކޭހެއް ވިއްކަނީ 440 ރުފިޔާއަށެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ މިއަދުން ފެށިގެން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިޕްރަމޯޝަންގައި ރޯޔަލް އާފަލު ވިއްކާކާނީ 3 ރުފިޔާ 50 ލާރިއަށް ކަމަށާއި 135 އަދި 150 ކައުންޓުގެ ކޭހެއް ވިއްކާނީ 400 ރުފިޔާއަށް ކަމަށެވެ. 

އިނގުރު ކިލޯއެއް ވިއްކާނީ 30 ރުފިޔާއަށް ކަމަށާއި 10 ކިލޯގެ ކޭހެއް ވިއްކާނީ 280 ރުފިޔާއަށް ކަމަށެވެ. 1 ކިލޯގެ ހިކިމިރުސް ޕެކެޓެއް ވިއްކާނީ 22 ރުފިޔާއަށް ކަމަށާއި 32 ކިލޯގެ ކޭހެއް ވިއްކާނީ 700 ރުފިޔާއަށް ކަމަށެވެ. 

މީގެ އިތުރުން 2 ލިޓަރުގެ ކުކިންގ އޮއިލް ފުޅިއެއް 50 ރުފިޔާއަށް ވިއްކާނެ ކަމަށާއި 6 ފުޅީގެ ކޭހެއް 280 ރުފިޔާއަށް އަދި މަޑިހާ ޕާޕަރު ބޮނޑިއެއް 6 ރުފިޔާއަށް، 50 ބޮނޑީގެ ކޭހެއް 300 ރުފިޔާއަށް ވިއްކާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކަސްޓަމަރުންގެ ޖީބުތަކަށް ލުއިކޮށްދިނުމުގެ ގޮތުން ބާއްވާ ޕްރަމޯޝަންތަކުގައި އުފަންވެލި ޝޮޕްތަކުން ގެންދަނީ ކާބޯތަކެތީގެ ގިނަ ބާވަތްތައް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.

 

މިއަދު އޮންލައިން