މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުން ކަނޑައަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުން ކަނޑައަޅައިފި

ރައްޔިތުނޗގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުން ކަނޑައަޅައިފިއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރަކު ކަނޑައަޅައިފަ އެވެ. އެއީ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވީ މެމްބަރަންނަށް އިސްކަންދޭ ގޮތަށެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅި މެމްބަރުންނަކީ މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް، މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމް، އޭދަފުށި ދާއިރާގެ މެންބަރު، އަހުމަދު ސަލީމް، ހަނިމާދޫ ދާއިރާ މެންބަރު، އަބްދުލް ޢަފޫރު މޫސާއަދި މަހިބަދޫ ދާއިރާ މެންބަރު، އަހުމަދު ތާރިޤު އެވެ.

މި މެންބަރުން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ނެތް ހާލަތުގައެވެ. 

މިއަދު އޮންލައިން