މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާ ސަބަބަކީ، އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެކަން ކުރުމުގެ ބާރު އެ މީހުންނަށް ލިބިފައި އޮތުން: އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާ ސަބަބަކީ، އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެކަން ކުރުމުގެ ބާރު އެ މީހުންނަށް ލިބިފައި އޮތުން: އިހުސާން

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އެންމެ ބޮޑުވެފައިވާ ސަބަބަކީ، އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެކަން ކުރުމުގެ ބާރު އެ މީހުންނަށް ލިބިފައި އޮތުން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އެންމެ ބޮޑުވެފައިވާ ސަބަބަކީ، އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެކަން ކުރުމުގެ ބާރު އެ މީހުންނަށް ލިބިފައި އޮތުން ކަމަށެވެ. މިކަމަށް ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއަކަށް ވަނީ، އެ މީހާގެ ވިޔަފާރިކޮށް އެކަމުގެ ތެރެއަށް އެއްކޮށް ވަނުންކަމަށާއި ނައްތާލަން ޖެހެނީ އެ މާހައުލުކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މި ސަރުކާރުން އެއްވެސް ވަރަކަށް ކުށް ކުރުމަށް ފުރުސަތު ނުދޭނެކަމަށާއި އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ ކުށްކުރުން ހުއްޓުވުމުގެ ނިޔަތް އޮވެގެން، އެ އަމާޒަށްކަމަށްވެސް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސިކުނޑިން ގަބޫލުކުރަން އެބަޖެހޭ 2 ބިލިއަން ރުފިޔާ އަހަރަކު ހަރަދުކޮށްގެން އަޅުގަނޑުމެން ޔުނިފޯމް މުވައްސަސާއެއް ތަރުތީބުކޮށްފައި އެބަޔަކަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނީމަ އެ އޮބްޖެކްޓިވް ހާސިލްވާނެކަން. ކުރީގައި އެކަންކަން ނުކުރެވި އޮވެދާނެ ޕޮލިޓިކަލް ވިލް ނެތީމަ. އަޅުގަނޑު ޔަޤީންކަން މިއަރުވަނީ ތިބޭފުޅުންނަށް އަދުގެ ސަރުކާރުގައި ޕޮލިޓިކަލް ވިލް އެބައޮތް" މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

 

މިއަދު އޮންލައިން