19 ވަނަ މަޖިލީހުން ބޭރުކޮށްލި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް އަލުން މަޖިލީހަށް

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
19 ވަނަ މަޖިލީހުން ބޭރުކޮށްލި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް އަލުން މަޖިލީހަށް

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިބިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ބޭރުކޮށްލާފައިވާ ބިލެކެވެ. މި ބިލް އަލުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެފަރާތުން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ.

ސޮވްރިން ޑިވެލޮޕްމަންޓުގެ ބިލު ހުށަހެޅުއްވީ ފަންޑު ބޭނުންކުރެވޭނެ ކަންކަމާއި، ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުއްވުމަށާއި އަދި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމަށް ކަމަށް ސަރުކާރުންބުނެފައިވެއެވެ.

 

މިއަދު އޮންލައިން