ޔުއެފާ ޔޫރޯ 2024 ސޮނީ ލިވް އިން ފަސޭހަކަމާއެކު ބެލޭނެ ހާއްސަ ޕެކްތަކެއް އުރީދޫ އިން ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޔުއެފާ ޔޫރޯ 2024 ސޮނީ ލިވް އިން ފަސޭހަކަމާއެކު ބެލޭނެ ހާއްސަ ޕެކްތަކެއް އުރީދޫ އިން ތައާރަފްކޮށްފި

ޔުއެފާ ޔޫރޯ 2024 ހަލުވިކަމާއެކު ކައިރިވަމުން އަންނައިރު، އުރީދޫއިން މިވަނީ ސޮނީ ލިވް އަށް ހާއްސަ ޕެކްތަކެއް އިއުލާނު ކޮށްފައެވެ. އެންމެ 250 ރުފިޔާއަށް ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް މެމްބަރޝިޕްގެ އިތުރުން 100 ޖީބީ ހިލޭ ޑޭޓާ 30 ދުވަހުގެ ވެލިޑިޓީއާއެކު ލިބޭނެއެވެ. މި ހާއްސަ އޮފާގެ ސަބަބުން ކަސްޓާމަރުންނަށް ޑޭޓާ ލިމިޓްގެ ކަންބޮޑުވުމެއް ނެތި ސޮނީ ލިވް އިން ޔުއެފާ ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމް ކުރެވޭނެ އެވެ

ސޮނީ ލިވް ޕެކްސްއާ އެކު ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ޔުއެފާ ޔޫރޯ 2024 ގެ ހުރިހާ މެޗެއް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ފޯނުން، ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓް ޓީވީ މެދުވެރިކޮށް ބެލޭނެ އެވެ. މި ޕެކޭޖާއެކު މުބާރާތުގެ ލައިވް ބްރޯޑްކާސްޓްތައް މެދުނުކެނޑި ސްޓްރީމްކުރުމުގެ އިތުރުން 40،000 އަށް ވުރެ ގިނަ ގަޑިއިރުގެ ޝޯތައް ފެނިގެންދާނެއެވެ. އެއީ އެކްސްކްލޫސިވް ލިވް އޮރިޖިނަލްސް އިން ފެށިގެން އިންޓަނޭޝަނަލް ސީރީޒް އާއި ސޮނީ ޓީވީގެ ހުރިހާ ޝޯއެއް އަދި ލައިވް ސްޕޯޓްސް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނިގެންދާނެއެވެ.

އުރީދޫގެ ސޮނީ ލިވް ޕެކްތަކާ އެކު ޔުއެފާ ޔޫރޯ 2024 ގެ އުފާވެރިކަމާއި ފުޓުބޯޅަ ފޯރި ކަސްޓަމަރުންގެ ތެރޭގައި އިތުރު ވާނެކަމަށް އުއްމީދު ކުރަމެވެ. އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ސަބްސްކްރައިބްކުރުމަށް އުރީދޫވެބްސައިޓް ނުވަތަ ސުޕަރ އެޕަށް ޒިޔާރަތްކުރާށެވެ.

މިއަދު އޮންލައިން