ދިރާގުން ޔޫރޯ 2024 އަދި އަޟްހާ އީދާ ދިމާކޮށް ހާއްސަ އާ އޮފާތަކެއް މިއަދު ލޯންޗުކޮށްފި އެވެ.
ޔޫރޯ 2024 އާ ގުޅުވައިގެން ދިރާގުން ހާއްސަ ތިން ޕްރޮމޯޝަނެއް ލޯންޗުކޮށްފައިވާއިރު، އީދާ ގުޅުވައިގެން ހާއްސަ ދެ ޕްރޮމޯޝަން ވަނީ ލޯންޗުކޮށްފައެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އޮފަތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ އަލަށް ތައާރަފްކުރެވުނު އޮފާތަކާއެކު ކުރިއަށް އޮތް ޔޫރޯ ބަލާށާއި އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ޔޫރޯއަށް ހާއްސަ ޕްރޮމޯޝަންތައް:
- ސޮނީ ލިވް ޕްރިމިއަމް އެކްސެސް:
- ޔޫރޯ 2024 ގެ ހުރިހާ މެޗެއް އޮންލައިންކޮށް ބަލާލުމަށްޓަކައި ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވް ޕެކާ އެކު 80ޖީބީގެ ޑޭޓާ އަދި ޔޫރޯ 2024 ގެ އޮފިޝަލް ސްޓްރީމިން ޕާޓްނާ، ސޮނީ ލިވްގެ 30 ދުވަހުގެ ޕްރިމިއަމް އެކްސެސް ހަމަ އެންމެ 80 ރުފިޔާއަށް ލިބެ އެވެ.
- އެންމެ 60 ރުފިޔާއަށް ސޮނީލިވްގެ ސްޓޭންޑަލޯން 30 ދުވަހުގެ ސަބްސްކްރިޕްޝަނެއްވެސް ހޯދޭނެ އެވެ.
- އައު ދިރާގު ޕްރީޕެއިޑް ޕްލޭނެއް ނަގާ ފަރާތްތަކަށް 30 ދުވަހުގެ ހިލޭ ސޮނީ ލިވް ޕެކް ލިބޭނެއެވެ. އަދި އައު ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ކަނެކްޝަން ނަގާ މަހާއި ޖެހިގެން އަންނަ މަހުގައި ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ އެވެ.
- މެޗް ޕާސް: 30ރ. އަށް 30ޖީބީ ލިބޭ ހާއްސަ އެޑް-އޮންއެއް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތުގައި ނެގޭނެ އެވެ. ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑް-އޮން ކޮންމެ ނަމްބަރަކަށްވެސް ނެގޭނީ މެޗު ކުރިއަށްދާ ވަގުތުގައި އެއްފަހަރު އެވެ.
- ޖެހީ ލިބުނީ ޖީބީ: މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅަކު ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެ އެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރެޖިސްޓަރކުރެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރެޖިސްޓަރ ކުރެވޭނީ އެއް ފަހަރެވެ.
އީދާ ދިމާކޮށް ލޯންޗުކުރި އޮފާތައް:
• އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކް: އީދުގެ މުއްދަތު ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 7 ދުވަސް ޕެކާ އެކު އިތުރު 50ޖީބީ (ޖުމްލަ 150ޖީބީ) އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެއެވެ. 22 ޖޫން 2024 ގެ ނިޔަލަށް މި އޮފަރ ކުރިއަށްދާނެ އެވެ.
• ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާރތަކާ އެކު އިތުރު ޑޭޓާ ލިބޭނެއެވެ. މި އޮފަރ ކުރިއަށްދާނީ 30 ޖޫން 2024 ގެ ނިޔަލަށެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހިތްގައިމު އައު އޮފާތަކާ އެކު ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށް އެ ކުންުފުނިން ވަނީ ބުނެފައެވެ.