މަޖިލިސް މެމްބަރުންގެ ޢަދަދު މަދުކުރާނެ ގޮތެއް ނިންމާނީ މަޝްވަރާގެ ރިވެތި އުސޫލުން: ބަންޑާރަ ނައިބު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
މަޖިލިސް މެމްބަރުންގެ ޢަދަދު މަދުކުރާނެ ގޮތެއް ނިންމާނީ މަޝްވަރާގެ ރިވެތި އުސޫލުން: ބަންޑާރަ ނައިބު

މަޖިލިސް މެމްބަރުންގެ ޢަދަދު މަދުކުރާނެ ގޮތެއް ނިންމާނީ މަޝްވަރާގެ ރިވެތި އުސޫލުން ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވިއެވެ.

މިކަމާގުޅިގެން ބަންޑާރަ ނައިބު ވިދާޅުވީ މަޖިލިސް މެމްބަރުން މަދުކުރުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށާއި މިއީ ވަރަށް ބޮޑަށް ރައްޔިތުންގެ ޙައްގުތަކާއި ގުޅިފައިވާކަމެއްކަމަށެވެ. އެހެންކަމުން މެމްބަރުން މަދުކުރާނެ ގޮތާއި މެދު ގޮތެއް ނިންމާނީ މަޝްވަރާގެ ރިވެތި އުސޫލުގެ މަތިންކަ ފާހަގަކުރައްވާ ބަންޑާރަ ނައިބު ވިދާޅުވީ މިކަމުގައި ގޮތެއް ނިންމުމުގައި ސިޔާސީ ޕާޓީތަކާއެކުވެސް މަޝްވަރާކުރައްވައިގެން ކަމަށެވެ.

"މިކަމަކީ ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ވަރަށް ގިނަ ބައެއްގެ ޚިޔާލު ހޯދައިގެން ކުރަންޖެހޭކަމެއް. މިއީ ރައްޔިތުންގެ ޙައްގުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާކަމެއް. މިކަމާއި ގުޅޭގޮތުން އެހެން ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެވިގެން ޤައުމަށް މީގެ އެންމެ ފައިދާ ބޮޑީ ކޮން ގޮތެއްތޯ ބަލައިގެން މިކަން ކުރާނީ." ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު މަދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްކަމަށެވެ.

މިއަދު އޮންލައިން