3 ބައި-އިލެކްޝަނެއްގެ ގޮނޑިތަށް އިންތިޚާބަކާ ނުލައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
މިކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޅ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރުކަމާއި ޅ. ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްމަބުކަމުގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލުމުން އެ ގޮނޑިތަކަށް ކުރިމަތިލީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުން ކަމަށާއި ހެންކަމުން އޮޓަމެޓިކުން އެ ކެންޑިޑޭޓުން ހޮވިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމަވާފައިވަނީ 10 ބައި-އިލެކްޝަނެއް އަންނަ މަހު 20 ގައި ބޭއްވުމަށެވެ. މީގެ ތެރޭގައި 8 ލޯކަލް ކައުންސިލް ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 2 ބައި-އިލެކްޝަނެއް ހިމެނެއެވެ.
ނަމަވެސް އިންތިޚާބަކައި ނުލައި 3 ބައި-އިލެކްޝަނެއްގެ ގޮނޑި ޕީއެންސީއަށް ލިބުމާއެކު، ޖުލައި 20ގައި މިހާރު އޮންނާނީ 6 ލޯކަލް ކައުންސިލް ބައި-އިލެކްޝަނެވެ.