އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު، ނ. ލަންދޫއަކީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ގޮތުގައި ފާހަގަކުރުމުގެ ގޮތުން ނ. ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒަށް ފަޚުރުވެރިކަމާއެކު ހާއްސަ ފިލައެއް އެރުވިއެވެ. މީގެ އިތުރުން، ނ.ލަންދޫގެ ރަސްމީ ވެބްސައިޓް ވެސް އަލްފާޟިލް ޙުސައިން ނިޔާޒު އިފްތިތާޙްކޮށްދެއްވިއެވެ.
މި ހާއްސް ލަގަބު އެންމެ ފުރަތަމަ ލަންދޫއަށް އެރުވުނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ. ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވަރމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓްގެ ސަބަބުން އަލިއަޅުވާލާފައިވެއެވެ.
ނ.ލަންދޫ ކައުންސިލާއި ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެއެވެ. ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.
އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރުކޮށްދެމެވެ.
-ނިމުނީ-