ދިރާގުގެ ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
ކާރު ލިބޭ ފަރާތް ހޮވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ދިރާގު އީދު ޝޯގެ ތެރެއިންނެވެ. މި ކާރުގެ ނަސީބުވެރިޔަކަށް ހޮވުނީ ކ. ތުލުސްދޫގެ މީހެއް ކަމަށްވާ މުސްތަފާ މުހައްމަދެވެ.
"ވިން އަ ޓެސްލާ" މި ޕްރޮމޯޝަނުގައި ދިރާގުން ދެނީ ޓެސްލާ މޮޑެލް 3ގެ ހުދު ކާރެކެވެ.
މި ޕްރޮމޯޝަނަކީ މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިރާގުން ފެށި ޕްރޮމޯޝަނެކެވެ. އަދި މި ޕްރޮމޯޝަންގެ ކަންތައްތައް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށްޓަކައި މިނިވަން އޮޑިޓަރެއް ކަމުގައިވާ ކްރޯ މޯލްޑިވްސްއާއި ގުޅިގެން މަސައްކަތްކޮށްފައިވާކަމަށެވެ.