މަސްތުވާތަކެތީގެ ވަބާއިން މިޤައުމު ސަލާމަތްކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ދިވެހި ފުލުހުން ސާބިތުކަމާއިއެކު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ފުލުހުން ދީފިއެވެ.
ފުލުހުން މިމޭރުމުން ބުނެފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންކުރަމުންދާ މަސައްކަތުގައި މިރޭ ފުވައްމުލަކުގައި ހިންގުނު އޮޕަރޭޝަނަކާއި ދެކޮޅަށް އެކަން ހުއްޓުވުމަށާއި ކުށްކުރުމަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ބަޔަކު މަސައްކަތްކޮށްފައިވާތީ އެކަން ކުށްވެރިކޮށް ފުލުހުން ހާމަކުރި ކުރު ބަޔާނެއްގައެވެ.
ފުލުހުން ހިންގި އޮޕަރޭޝަނަށް ބައަކު ހުރަސްއެޅިކަމާއި އެވަރުން ނުފުދިގެން ފުލުހުންގެ މުއައްސަސާއަށް މީހަކު ވަދެގަންނަން މަސައްކަތްކުރިކަމާއި ފުލުހުންގެ ވާޖިބް އަދާކުރަން ހުރަސްއެޅިކަމުގެ ކުށުގައި 4 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދަން ޖެހުނުކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ބަސް:
"މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންކުރަމުންދާ މަސައްކަތުގައި މިރޭ ފުވައްމުލަކުގައި ހިންގުނު އޮޕަރޭޝަނަކާއި ދެކޮޅަށް އެކަން ހުއްޓުވުމަށާއި ކުށްކުރުމަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ބަޔަކު މަސައްކަތްކޮށްފައިވޭ. މި ހަމަނުޖެހުން ޙައްލުކުރުމަށް 4 މީހަކު ފުލުހުންގެ ބަންދަށް ގެނެވުނު އަދި އަސްލާއި ޚިލާފަށް މި އޮޕަރޭޝަންގެ މަޢުލޫމާތު ބައެއް މަދު މީޑިއާތަކުން ގެނަަސްދީފައިވާކަންވެސް ފާހަގަކުރެވިފައިވޭ. ދިވެހި ފުލުހުން މަސްތުވާތަކެތީގެ ވަބާއިން މިޤައުމު ސަލާމަތްކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާއިއެކު ކުރާނެ ވާހަކަ ދަންނަވަން".
Mirey Gn. Fuvahmulah Dhoodigan gai fuluhun hingamum dhiya drug operation ahakah bayaku huras alhaa hamanujehun hingaafaivey.
Mi operation aai gulhigen masthuvaa thakethi gengulhunu kamah thuhumathu kurevey meehaku fuluhunge belumuge dhasha gennan ulhumuge thereygai ethanah ithuru bayaku ais fuluhunnai kurimathi lai fuluhunge vaajibah huras alhaafaivey. Adhi mi kurimathi lumuge thereygai fuluhakah aniyaavefaivey.
Adhi mikamaai gulhigen 3 meehaku vany hayyaru kurevifai.
Mi massala'aa fuluhun dhanee thahugeegu kuramun.
Mi massala'aa gulhigen police station kurimahcha bayaku ehvve, station thereyah ethanun meehaku vadhe hamanujehun hingumah masakkai kohffaivey.
Mi massala'aa gulhigen jumla 4 meehaku fuluhunge belumuge dhasha genevifaivey.