މަސްވެރިކަމުގެ ސިނާޢަތް މިއޮތީ ފުނޑާލާފަ! ހުރިހާ މަސްފެކްޓްރީތަކެއް ހަލާކުވެފަ! މަރާމާތެއް ނުކުރޭ!: މެންބަރު ސުޖާޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
މަސްވެރިކަމުގެ ސިނާޢަތް މިއޮތީ ފުނޑާލާފަ! ހުރިހާ މަސްފެކްޓްރީތަކެއް ހަލާކުވެފަ! މަރާމާތެއް ނުކުރޭ!: މެންބަރު ސުޖާޢު

މަސްވެރިން ބާނާ މަހަށް ދުނިޔޭގައި ޑިމާންޑް އެބައޮތް ކަމަށާއި ހުރިހާ މައްސަލަތަކެއް ކުރިމަތިވަމުން މިދަނީ މަސްފެކްޓްރީތައް މަރާމާތުނުކުރުމުގެ ސަބަބުން ހަލާކުވެ މަސައްކަތް ނުކުރެވޭ ޙާލަތިގައި ހުރުމުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ވިދާޅުވެއްޖެއެވެ.   

"އިއްޒަތްތެރި މެންބަރު ދެންމެ ވެސް އޮޅުވައިލައްވަން ވަރަށް ގިނަ ވާހަކަފުޅު ދައްކަވައިފި އިއްޒަތްތެރި ރައީސް! ފުލްކޮށް ސްޓޯރޭޖަކު މަހެއް ނެތް! ހުރި މަސް ކީއްވެގެންތޯ ޕްރޮސެސްނުކުރީ! ދިވެހި ޕޯލް އެންޑް ލައިން މަސް ބޭނުންވެގެން ދުނިޔޭގެ އެކި ޤައުމުތަކުން މިއޮށް އެދެނީ! ޕްރޮސެސްއެއް ނުކުރޭ! ކިހިނެއްތޯ ޕްރޮސެސްކުރަނީ؟ ހުރިހާ ޕްރޮސެސިންގ ޕްލާންޓުތަކެއް ހަލާކުވެފައި! ފެކްޓަރީތަކެއް ވޯރކެއްނުކުރޭ! މަސްވެރި ސިނާ އަތް އޮތީ ފުނޑުފުނޑު އަރުވާލާފައި އިއްޒަތްތެރި ރައީސް!"  

މެންބަރު ސުޖާޢު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު: 

ޝުކުރިއްޔާ އިއްޒަތްތެރި ރައީސް ހުށަހެޅިފައި މިވާ ކުއްލި މައްސަލައިގައި ޙަޤީޤަތަށް ވާސިލުވާއިރު އެބަޖެހޭ މިހާރު މި ކުރަމުންދާ މުޒާހަރާ ފެށިގެން މި އައިގޮތާ ދޭތެރެ ފުރަތަމަ އަޅުގަނޑުމެން އަލިއަޅުވައިލަން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަސްވެރިންގެ މުޒާހަރާގެ ތެރޭގައި ހިމެނޭ 13 ދޯންޏަށް ގާތްގަނޑަކަށް ނުދެއް ކި މި އޮތީ 6.7 މިލިއަން ރުފިޔާ އިއްޒަތްތެރި ރައީސް.  

މި މުޒާހަރާތަކުގެ ތެރޭގައި ހި މެނޭ 2 ދޯނީގެ ވެރިފަރާތް ޢާއިލާއަށް ނިސްބަތްވާ ބޭފުޅަކު ، މި މަރަދޫ ދާއިރާ އިއްޒަތްތެރި މެންބަރު އަޙްމަދުދީދީ މި މައްސަލަ ހުށަހަޅައިގެން މިއުޅެނީ. އިއްޔެ ވެސް ހުށަހަޅަން އުޅުނު. އިއްޔެ ވެސް ފައިސާކޮޅު ލިބިދާނެ ކަމަށް ޓަކައި، ލިބޭނެކަމަށް ހީވެގެން ފިލައިގެންދިޔައީ މައްސަލަ ހުށަނާޅާ. އިއްޒަތްތެރި ރައީސް، ކަންބޮޑުވެގެން އުޅެގެންނެއް ނޫން މިއުޅެނީކީއެއް. އެމްޑީޕީން މިއުޅެނީކީ މަސްވެރިންނަށް ފައިސާ ނުދީގެންނެއް ނޫން.  

އިއްޒަތްތެރި މެންބަރު މި މައްސަލަ ހުށަހެޅުއްވިއިރު 12 އިއްޒަތްތެރި މެންބަރުން

އެމްޑީޕީގައި ތަމްސީލުކުރަމުންދާއިރު އިއްޒަތްތެރި ރައީސް 9 މެންބަރުން އެ ތިއްބެވީ ތިމަންނާމެން ތިއަކަށް ވާހަކަދައްކާކަށް ބޭނުމެއް ނޫނޭ ކިޔައިގެން އިނގޭތޯ! އިއްޒަތްތެރި މެންބަރު ނާޒިލުގެ ދޯންޏެއް އެބަ އޮތް. ލާރިކޮޅު ނުލިބިގެން މި އުޅެނީ! މެންބަރު ދީދީ މައްސަލަ ހުށަހެޅި ބޭފުޅާގެ ދޯންޏެއް އެބަ އޮތް! އެބަ އެނގޭ ލާރި ދޭންކަން ރައީސް މުޢިއްޒު އެ އުޅުއްވަނީ!

އިއްޒަތްތެރި މެންބަރު ދެންމެ ވެސް އޮޅުވައިލައްވަން ވަރަށް ގިނަ ވާހަކަފުޅު ދައްކަވައިފި އިއްޒަތްތެރި ރައީސް! ފުލްކޮށް ސްޓޯރޭޖަކު މަހެއް ނެތް! ހުރި މަސް ކީއްވެގެންތޯ ޕްރޮސެސްނުކުރީ! ދިވެހި ޕޯލް އެންޑް ލައިން މަސް ބޭނުންވެގެން ދުނިޔޭގެ އެކި ޤައުމުތަކުން މިއޮށް އެދެނީ! ޕްރޮސެސްއެއް ނުކުރޭ! ކިހިނެއްތޯ ޕްރޮސެސްކުރަނީ؟ ހުރިހާ ޕްރޮސެސިންގ ޕްލާންޓުތަކެއް ހަލާކުވެފައި! ފެކްޓަރީތަކެއް ވޯރކެއްނުކުރޭ! މަސްވެރި ސިނާ އަތް އޮތީ ފުނޑުފުނޑު އަރުވާލާފައި އިއްޒަތްތެރި ރައީސް! 

މީގެ އަސްލަށް އަޅުގަނޑުމެން ރުޖޫޢަވާއިރު އަޅުގަނޑުމެން އެބަޖެހޭ؛ މަސް ފުލްކޮށެއް ނޫން ސްޓޯރޭޖުތަކުގައި ހުރީ! ވިއްކަންވީނޫންތޯ؟ ކީއްވެގެންތޯ ނުވިއްކީ؟ އޭގެ ބަދަލުގައި ސިނާއަތް އިތުރަށް ފުނޑައިލުމަށްޓަކައި 25 ރުފިޔާ އަށް މަސްކިލޯއެއް ހަދައި މަސްވެރިންނަށް އޮޅުވައިލި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އިއްޒަތްތެރި ރައީސް.

މުޒާހަރާކުރިއޭ އެމްޑީޕީ ވެރިކަމު ގައި މަސްވެރިން މަސްވެރިކަމާ ބެހޭ ވަޒީރެއް ހުރިކަމެއް އަޅުގަނޑުމެންނަކަށް އިހުސާސް ވެސް ނުކުރެވޭ އިއްޒަތްތެރި ރައީސް! އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވަޒީރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކީ މަސް ދޯނީގައި މުޒާހަރާ ބައިވެރިންނާ އެކީގައި އެ ހުންނެވީ މަޝްވަރާކުރަން! މިއަދު މަޝްވަރާކުރުމުގެ މަސައްކަތްކުރަމުން އެ ގެންދަވަނީ އިއްޒަތްތެރި ރައީސް!

އިއްޒަތްތެރި ރައީސް؛ އަޅުގަނޑުމެން ތަފާސްހިސާބަށް ބަލައިލާކަމުގައިވާނަމަ މި ވެރިކަމުގައި ، އަޅުގަނޑުމެންގެ ވެރިކަން އުފެދުނިއްސުރެ މިއަދާ ހަމަޔަށް 40 ހާސް މެޓްރިކް ޓަނުގެ މަހަށް ތެލާއި އައިސްއާ އި އެކީގައި 933 މިލިއަން ރުފިޔާ އެބަ އޮތް އަޅުގަނޑުމެންނަށް މަސްވެރިންނަށް ދޫކުރެވިފައި! އަދި ހަމައެހެންމެ ތެލާއި އައިސްއާ ނުލައި 798 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އެބަ އޮތް މަސްވެރިންނަށް ދޫކުރެވިފައި! މިއީ މަސްވެރިންނާ ދޭތެރޭ އޯގާތެރިކޮށް ހިތުމަކީ މިއީ އިނގޭތޯ! އަޅުގަނޑުމެންގެ ސަރުކާރުން އައިސް ޕްލާންޓުތައް ހަލާކުވެފައި ހުރީމަ ހެދުމުގެ މަސައްކަތް ކުރިއަށްދަނީ! އެއީ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސަރުކާރުތަކުން؛ މަސްފެކްޓަރީތަކަކު މަހެއް ނެތް. އޮޅުވައިނުލާ!

މިއަދު އޮންލައިން