ގިނަ ފިރިހެނުން ދެވަނަ އަންތބަކު ހޯދަނީ އަނބިމީހާ ނުބައިވެގެނެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ގިނަ ފިރިހެނުން ދެވަނަ އަންތބަކު ހޯދަނީ އަނބިމީހާ ނުބައިވެގެނެއް ނޫން!

ކައިވެނިކޮށް ދިރިއުޅެމުން ގޮސް ދަރިންތަކެއް ލިބޭފަހުން ގިނަ ފިރިހެނުން ދެވަނަ އަންތބަކު ހޯދަނީ އަނބިމިހާ ގޯސްވެގެނެއް ނޫނެވެ. ދަލީލަކީ އަނބިމީހާ ގޯސްނަމަ އެކަން އެނގޭނީ ދަރިންތަކެއް ލިބޭ ފަހުން ނޫންކަމަށްވާތީއެވެ. އަދި ގިނަ ފިރިހެނުން ދެވަނަ އަންތބަކު ހޯދަނީ ދަރިންތަކެއް ލިބޭފަހުން ކަމަށްވާތީއެވެ.  

ދަރިން ލިބުމުން ފިރިމީހާއަށް ކުރިން އަޅައިލިވަރަށް އަޅައިނުލެވޭނަމަ ފުރަތަމަވެސް ބަލަންޖެހޭނީ އަނބިމީހާއަށް މަސައްކަތް ބުރަވާނެ ވަރަށާއި އެބުރަ ލުއިކޮށްދޭން ފިރިމީހާއަށް ކޮށްދެވޭ ކަންކަމަށެވެ. އަނބިމީހާއަށް އެހީތެރިވެދެވޭ މިންވަރަށެވެ.  

ޚަރަދުކުރަން ފައިސާ އަތަށް ދިނުމަކީ މަސައްކަތް ލުއިވާނެ ސަބަބެއް ނޫނެވެ. އަނބިމީހާއަށް މަސައްކަތް ލުއިވާނީ އަނބިމީހާ ކުރަންޖެހޭ މަސައްކަތުން ފިރިމީހާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމުންނެވެ.  

އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ކޮންމެ ކަމެއްގައިވެސް ދެމީހުން ޙިއްޞާވެގެންނެވެ. އަނެކާކުރާ މަސައްކަތުގެ އަގުވަޒަންކޮށްގެންނެވެ. ފިރިންނަކީ ގޭތެރޭގެ މަސައްކަތްވެސް ކޮށް އަނބިންނަށް އެހީތެރިވެދޭން ޖެހޭނެ ބައެއްކަން އަހުރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އުންމަތަށް ދައްކަވައިފައެވެ. އަދި ކައިވެނިކުރަންވީ ހަމައެކަނި އަންހެނުންގެ ސިފައަށް ބަލައިގެން ނޫންކަމާއި ދަތިޙާލުގައި ތިބޭ އަންހެނުންނާއިކަންވެސް ވަނީ ޢަމަލުފުޅުން ދައްކަވައިދެއްވަވައިފައެވެ.  

ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަމަ ބޭނުންފުޅުވެވަޑައިގެންނެވިނަމަ ޢާއިޝަތުގެފާނުފަދަ ޒުވާން އަނބިކަލުންތަކެއް ހޯއްދެވުނީހެވެ. ނަމަވެސް އިޚްތިޔާރު ކުރެއްވެވީ ނިކަމެތި، މުސްކުޅިފުޅި، ހުވަފަތް ބޭކަނބަލުންކަން އެއޮތީ ސިޔަރަތުން ފެންނާށެވެ.  

ހުވަފަތްވުމާއި ވަރިގިނަވުމުގެ ސަބަބުން ދަތިޙާލުގައި އުލެންޖެހިފައިވާ އަންހެނުންތައް މިހައި ގިނަވެފައިވާއިރު އެފަދަ އަންހެނުންނާއި ކައިވެނިކުރާނަމަ އަނބިންގެ މެދުގައި އޮންނަ ވާދަވެރިކަންވެސް ކުޑަވެގެންދާނެއެވެ. އަދި އާޚިރަތަށްޓަކައި ކުރެވޭ ފައިދާހުރި ކަމަކށްވެސް ވެގެންދާނެއެވެ. އާޚިރަތް ކާމިޔާބުކުރެވޭނީ އާޚިރަތް ދުަވހު ފައިދާކުރާނެ ކަންކަން ކުރެވުނު ވަރަކުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން