ރުޅިއަންނައިރަށް ނުބައި ބަސްތައް ބުނާނަމަ ކޮށްދޭ ހެޔޮކަންތައްތަކުގެ ފައިދާކުރުން ވަރަށް ދުރުވާނެ! ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރުޅިއަންނައިރަށް ނުބައި ބަސްތައް ބުނާނަމަ ކޮށްދޭ ހެޔޮކަންތައްތަކުގެ ފައިދާކުރުން ވަރަށް ދުރުވާނެ! ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރޭ!

އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރެވެ. މިއީ އަޅުގަނޑުގެ 2 ވަނަ ކައިވްންޏެވެ. ކުރީގެ ކައިވެންޏަށް ލިބިފައިވާ 2 ދަރިން ބަލަނީ އަޅުގަނޑެވެ. އެއީ 10 އަހަރުގެ ފިރިހެން ކުއްޖަކާއި 8 އަހަރުގެ އަންހެން ކުއްޖެކެވެ.  

އަޅުގަނޑުގެ ދެވަނަ ފިރިމީހާއަކީ ރުޅި ނައިސް ހުންނަ ވަޤުތުތަކުގައި ވަރަށް ރަނގަޅު މީހެކެވެ. ބޭނުންވާ ކަންކަން ކޮށްދެއެވެ. އަޅައިވެސްލައެވެ. ދަރިންނަށްވެސް ރަނގަޅެވެ. ނަމަވެސް ކިތަންމެ ކުޑަކުޑަ ކަމަކާއިވެސް ރުޅި އަތުވެދާނެއެވެ. ކިތަންމެ ކުޑަކުޑަކަމަކާއި ރުޅިއައިނަމަވެސް ރުޅިއައުމާއިއެކު ދުލުން ބުނާނީ ނުބައިބަސްތަކެވެ.  

އަޅުގަނޑަށް މިހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަބަދު އަނދެވަރިވުމަކީ ކުރަން ފަށޭހަކަމެއް ނޫނެވެ. ކުރަން ބޭނުންވާ ކަމެއްވެސް ނޫނެވެ. ނަމަވެސް 2 ދަރިން އެދަނީ ހަލާކުވަމުންނެވެ. ދޮންބައްޕަގެ ކިބައިން ލިބެމުންދާ ފިލާވަޅުތަކުގެ ސަބަބުންނެވެ.  

އެކަންކަން ހިނގަނީ މައިދައިތަގެ ކުރިމަތީގައެވެ. ދަރިފުޅަށް ނަޞޭޙަތުގެ ބަހެއްވެސް ނުބުނެއެވެ.  

މިހާރު މިހުރީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އެއްކޮޅުގައި ދަރިންގެ އަޚްލާޤެވެ. އަނެއްކޮޅުގައި ދިރިއުޅުމެވެ.  

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވާ ވާހަކަކޮޅެކެވެ. ކިޔުންތެރިޔާ އެދިފައިވަނީ މިޙާލަތުގައި ޢަމަލުކުރާނެ ރަނގަޅު ގޮތަކަށެވެ.  

ވާހަކަކޮޅުން ހީވަނީ މަންމަ އެއިންނަނީ އެކަމަށް ހިތްވަރުދީގެން ކަމަށެވެ. އެހެންކަމަށްވާނަމަ އެއީ ވަރަށް ދެރަކަމެކެވެ. ކިތަންމެ ބޮޑެތިވިނަމަވެސް ދަރިންގެ މިފަދަ ޢަމަލުތައް އިޞްލާޙްކުރަން ނަޞޭޙަތްތެރިވާންޖެހޭނެއެވެ. ދަރިންނަށް ހެޔޮއެދުމަކީ އެއީއެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފިރިމީހާއަށް ވިސްނައިދޭން އަދިވެސް މަސައްކަތްކުރާށެވެ! އަދި ފިރިމީހާއަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ގިނަގިނައިން ދުޢާކުރާށެވެ! ހަމަ އެއާއިއެކު ރަނގަޅު ޢިލްމުވެރިއަކު މެދުވެރިކޮށް ނަޞޭޙަތްދޭން މަސައްކަތްކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން