ރާއްޖޭގެ ގައުމީ އެއާލައިން އަދި މިއަހަރުގެ އުރީދޫ ފަން ރަންގެ ޓްރެވަލް ޕާޓްނަރު މޯލްޑިވިއަން އިން މި ހަރަކާތުގައި ބައިވެރިވާ ދަތުރުވެރިންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފިއެވެ. މި އޮފާގެ ދަށުން ލާމު އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަންގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެ- ކައްދޫ ދެކޮޅު ޓިކެޓު 2488 ރުފިޔާއަށް ލިބިގެންދާނެވެ.
ޖުލައި މަހުގެ 5 ވާ ހުކުރު ދުވަހު ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން ވެސް ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށެވެ. ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ އެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި ދުވުމުގެ ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން މޯލްޑިވިއަނުން ތިރީގައިވާ ރޫޓަށް ހާއްސަ އަގުތަކެއް ލިބޭނެއެވެ..
• ޖުލައި މަހުގެ 4ން- 5 ވަނަ ދުވަހުގެ ނިޔަލަށް މާލެއިން ކައްދޫއަށް
• ޖުލައި މަހުގެ 6ން- 7 ވަނަ ދުވަހުގެ ނިޔަލަށް ކައްދޫއިން މާލެއަށް
• މި އޮފަރ ބޭނުންކުރުމަށް އުރީދޫ ފަން ރަން ގައި ރެޖިސްޓަރ ވެފައި ވާ ފަރާތްތަކުން އޯޑަރ އައިޑީ އާއެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި " އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު [email protected] އީމެއިލް ކުރައްވާށެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ "އުރީދޫ ފަންރަން ގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އިވެންޓް ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ވަރަށް ފުރިހަމަ މިކްސްއަކަށް. ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގައި ބޭއްވޭ މި އުފާވެރި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން" ކަމަށެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދު އަލް ހަމާދީ، ވިދާޅުވީ "އުރީދޫ ފަން ރަން - ލާމުގައި މޯލްޑިވިއަން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހަރަކާތަކީ ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ސިއްހަތާއި ދުޅަހެޔޮކަމާއި އެއްބައިވަންތަކަމުގެ އުފާފާޅުކުރުމުގެ ހަރަކާތެކެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ހާއްސަ އެއާފެއާގެ ސަބަބުން އިތުރު ބައިވެރިންނަށް މި ރަންގައި ބައިވެރި ވުމަށް ފަސޭހަވެގެންދާނެ." ކަމަށެވެ.